ޚަބަރު

އަދީބު އަނެއްކާވެސް ހައްޔަރު ކޮށްފި

ކޯޓު އަމުރެއްގެ ދަށުން އަދީބު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.  ނަމަވެސް ޓަގުބޯޓްގައި ފިލަން މަސައްކަތް ކުރެއްވި ފަހުން ހައްޔަރު ކުރެވުނު މިއީ ދެވަނަ ފަހަރެވެ. ފުރަމަ އަދީބު ހައްޔަރުކުރީ ކަނޑުމަތިންނެވެ. ކަނޑުމަތިން ހައްޔަރުކޮށް މުއްދަތުޖަހަން ކޯޓަށް ރޭ ދަންވަރު ގެންދިއުމުން ކްރިމިނަލްކޯޓުންވަނީ ފުލުހުން އަދީބު ހައްޔަރުކުރީ ހައްޔަރުކުރެވޭ އިޖުރާއަތްތައް ބަޔާންކުރާ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފަށް ކަމަށް ވާތީ އޭނާ މިނިވަންކޮށްފައެވެ.

އިޖުރާއަތްތައް ފުރިހަމަ ކުރުމާއެކު އަލުން އަދީބު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދު 6:30 ހާއިރުއެވެ. މިހާރު އެމަނިކުފާނު ވަނީ ދޫނިދު އަށް ގެންގޮސްފަ އެވެ.

އަދީބުގެ މައްޗަށް ތުހުމަތު ކުރަނީ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ރާއްޖޭން ބޭރަށް ވަޑައިގަތުމާއި ޖިނާއީ މައްސަލައެއްގައި ކުށަށް އިއުތިރާފުވެ، ކޯޓަށް ހާޒިރުވެ ހެކި ބަސް ދެއްވުމަށް އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ފަހު ފިއްލެވި ކަމަށް ބުނެ އެވެ.

ސިންގަޕޫރުގައި ރަޖިސްޓަރީ ކޮށްފައިވާ ޓަގް ބޯޓެއްގައި ފިއްލަވައިގެން ދަނިކޮށް، އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ބޭރުގެ ސަރަހައްދަކުން އިންޑިއާގެ ސިފައިން އަދީބު އަތުލައިގަތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދީބު ރާއްޖެ މި ގެނައީ އިންޑިއާ އިން ރާއްޖެއާ އަދީބު ހަވާލު ކުރުމުންނެވެ.

އަދީބު، ރޭ 10:30 ހާއިރު ރާއްޖެ ގެނެސް އެމަނިކުފާނު ބަންދު ކުރުން ލަސްވީ ހައްޔަރުކުރީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ވެފައި އެއީ ރާއްޖޭގެ ގާނޫނުއަސާސީއާ ޚިލާފު ކަމަކަށް ވުމުންނެވެ. އަދި ފުލުހުން ވަނީ ކޯޓުގައި ވެސް އެކަމަށް އިއުތިރާފް ވެފަ އެވެ.

ރާއްޖޭގެ ގާނޫނީ ބާރު ހިނގާނީ ރާއްޖޭގެ ސަރަހައްދުގައި ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close