ކުޅިވަރު

ފައިނަލަށް ދިއުމުގެ ފުރުޞަތު ރާއްޖެއަށް ގެއްލި ފައިނަލްގެ ދެވަނަ ޖާގަ އިންޑިއާ ކަށަވަރު ކޮށްފި


ސާފު ޗެމްޕިއަންޝިޕްގައި ރާއްޖެއާއި އިންޑިއާ ބައްދަލުކުރި މެޗުން 3-1 ގެ ނަތީޖާއަކުން ރާއްޖެ މައްޗަށް އިންޑިއާ ކުރިހޯދުމުގެ ސަބަބުން ފައިނަލަށް ދިއުމުގެ ފުރުޞަތު ރާއްޖެއަށް ގެއްލި ފައިނަލްގެ ދެވަނަ ޖާގަ އިންޑިއާ ކަށަވަރު ކޮށްފި އެވެ.

މި މެޗު އިންޑިއާއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. އަދި ވަރަށް ބޮޑަށް ކުރިޔަށް ޖެހިލާ ރާއްޖޭގެ ޑިފެންސްލައިނަށް ބާރުބޮޑުވާނެ ގޮތަކަށް ވިސްނައިގެންނެވެ.

އިންޑިއާއިން ފުރަތަމަ ލީޑު ނެގީ މެޗުގެ 33 ވަނަ މިނިޓުގަ އެވެ. ބްރެންޑޮން ޖައްސާލި ބޯޅަ ހިފައިގެން މަންވީރު ސިންގް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް ވަނީ ކީޕަރު ފައިސަލް އަތުގައި ޖެހިފަ އެވެ.

ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް ރާއްޖެއަަށް ޕެނަލްޓީއެއް ލިބުނެވެ. އޭރިއާ ތެރެއިން ހަމްޒާ މުހައްމަަދު އަށް އިންޑިއާގެ ފަހަތުން ޕްރިތަމް ކޮޓާލް ކުރި ފައުލަކާއި ގުޅިގެން ރާއްޖެއަށް ލިބުނު ޕެނަލްޓީއެކެވެ. ޕެނަލްޓީ ގޯލަށް ވައްދާލީ އަޝްފާގް އެވެ.

އިންޑިއާ އިން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނެގީ 62 ވަނަ މިނިޓުގަ އެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް މަންވީރު ސިންގް މެއިން ކޮންޓްރޯލް ކޮށްލިއިރު ލިބުނީ އޭރިއާތެރޭގައި ހުހަށް ހުރި ސުނިލް ޗެތުރީ އަށެވެ. އޭނާ ވަނީ އެއްފަހަރުން އެ ބޯޅަ ގޯލުގެތެރެއަށް ވައްދާލައިފަ އެވެ.

އިންޑިޔާ އިން ވަނީ މެޗުގެ 71 ވަނަ މިނިޓްގައި ތިން ވަނަ ގޯލް ޖަހައިފަ އެވެ. ހިލޭ ޖެހުމަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ ޗެތުރީ ވަނީ ބޮލުން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

އަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި ވާދަކުރާނީ އިންޑިއާ އާއި ނޭޕާލެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close