ކުޅިވަރު

ރެފްރީގެ ތަފާތު ނިންމުމާއިއެކު ވެސް މެޗަށް ހަމަހަމަ ނިމުމެއް

ފުޓްބޯޅައިގެ ތެރެއަށް ވީއޭއާރު ތައާރަފުވުމާއި އެކު ފުޓްބޯޅައަށް މިވަނީ ވަރަށް އާދަޔާ ޚިލާފު ބޮޑު ބަދަލެއް އައިސްފައެވެ. މީގެ ކުރިން ފުޓްބޯޅަ މެޗުތަކަށް އިންސާފުކުރަން ހުންނަ ރެފްރީއެއްގެ ނިންމުން ބަދަލުކުރެވިފައިވަނީ ހާހަކުން ފަހަރަކުއޭ ބުނާހާވެސް މަދުފަހަރެއްގައެވެ. ނަމަވެސް މިއަދު މިވަނީ ފުޓްބޯޅައިގައި ރެފްރީންގެ ނިންމުންތައް ބަދަލުކުރުމަކީ ވަރަށް އާއްމު ކަމަކަށް ވެފައެވެ

އިންގްލިޝް ޕްރިމިއަ ލީގުގައި ރޭ ކުޅެވުނު މެޗުތަކުގައިވެސް މިކަންތައްތައް ވަނީ ވަރަށް ބޮޑަށް ފެނިގެން ގޮސްފައެވެ. މިގޮތުން މެންޗެސްޓާ ސިޓީ، ސައުތުހެމްޓަންއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ސިޓީގެ ތަޖުރިބާކާރު  ޑިފެންޑަރު ކައިލް ވޯކާ އަށް ރަތް ކާޑު ދެއްކިނަމަވެސް، މެޗުގެ ރެފްރީ ޖޮނަތަން މޯސް ވަނީ ވީއޭއާރް ޓީމުން އެންގި އެންގުމަކާއި ގުޅިގެން އޭނާގެ ނިންމުން ބަދަލުކޮށް ސައުތުހެމްޓަން އަށް ދިން  ޕެނަލްޓީއަކީ ޕެނަލްޓީއެއް ނޫންކަމަށް ނިންމާ އަދި ވޯކާއަށް ދެއްކި ރަތްކާޑު ވެސް ސައްހަ ނޫން ކާޑެއް ކަމަށް ނިންމާ ވޯކާ އަލުން ދަނޑަށް ނެރެ މެޗު ފުރިހަމަކުރުވާފައެވެ.  

ރޭގެ ރެފްރީގެ މިނިންމުމާއި އެކުވެސް ރޭގެ މެޗު ނިމިގެން ގޮސްފައިވަނީ މި ދެޓީމު 0-0 ން އެއްވަރު ވެގެންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close