ކުޅިވަރު

ބޮޑު ތަފާތަކުން ލިވަޕޫލް ލީޑްސް އަތުން މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑް ބޮޑު ތަފާތަކުން ލިވަޕޫލު މޮޅުވެއްޖެ އެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލީޑްސްގެ މައްޗަށް އެޓީމުން ކުރިހޯދީ 0-6 ގެ ބޮޑު ތަފާތަކުންނެވެ.

މި މޮޅާ އެކު ލިވަޕޫލް ދެ ވަނައިގައި އޮތީ 26 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގައި ސިޓީ އޮތީ 26 މެޗުން ލިބުނު 63 ޕޮއިންޓާއެކުއެވެ. ލީގުގެ ތިންވަނައިގައި 25 މެޗުން ލިބުނު 50 ޕޮއިންޓާއެކު އޮތީ ޗެލްސީއެވެ. އަދި ހަތަރު ވަނައިގައި 26 މެޗުން ލިބުނު 46 ޕޮއިންޓާއެކު އޮތީ މެންޗެސްޓަރ ޔުނައިޓެޑެއެވެ.

ލިވަޕޫލާއި ލީޑްސް ބައްދަލުކުރި މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ލިވަޕޫލްގެ މުހައްމަދު ސަލާހް ވަނީ ޕެނަލްޓީ އަކުން ލިވަޕޫލަށް ލީޑު ނަގައިދީފައެވެ. މި ޕެނަލްޓީ އަކީ ލީޑްސްގެ ސްޓުއާޓް ޑަލަސް އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، މަޓިޕްއެވެ. މަޓިޕް ލަނޑު ޖެހިތާ ފަސް މިނެޓު ފަހުން ސަލާހް އަނެއްކާވެސް ލިވަޕޫލަށް ލިބުނު ޕެނަލްޓީ އަކުން އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ މާނޭ އަށް ލީޑްސްގެ ކެޕްޓަން ލޫކް އެއިލިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ ފުރަތަމަ ހާފް 0-3 ގެ ނަތީޖާއަކުން ނިމުނުއިރު، ދެވަނަ ހާފުގައި ލިވަޕޫލުން ޖެހި އަނެއް ތިން ލަނޑު ޖަހާފައިވަނީ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައެވެ. އެގޮތުން 80 ވަނަ މިނެޓުގައި މާނޭ ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، 90 ވަނަ މިނެޓުގައި ފަސް ވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ މާނޭއެވެ. އަދި ހަވަނަ ލަނޑު އިތުރު ވަގުތުގެ ތެރޭގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ، ވެން ޑައިކްއެވެ.

މި މެޗުގެ އިތުރުން ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ޓޮޓެންހަމް ވަނީ ބާންލީ އަތުން 0-1 އިން ބަލިވެފައެވެ. އަދި ކްރިސްޓަލް ޕެލަސް ވަނީ 4-1 ގެ ނަތީޖާއަކުން ބާންލީ އަތުން މޮޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close