ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ ފުލުސްމީހާ ހައްޔަރު ކޮށްފި

އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ ފުލުސްމީހާ ރޭ ހައްޔަރުކޮށްފިއެވެ.

މީޑިއާތަަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ އެ މައްސަލައާއި ގުޅިގެން 34 އަހަރުގެ ފިރިހެނެއް ރޭ 11:09ހާއިރު ހައްޔަރުކޮށްފައިވާކަމަށެވެ.

“މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ފުލުހެއް” ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްސަނާއި އައްޑޫ ސިޓީ ޕޮލިހުން ގުޅިގެން އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.

މި މައްސަލައިގާ ތުހުމަތު ކުރެވޭ ފުލުސް މީހާ މިހާރު ހައްޔަރުކޮށްފައިވާއިރު މި މައްސަލައިގާ ބަޔަކު މުޒާހަރާވެސް ކޮށްފައިވެއެވެ. މުޒާހަރާކޮށްފައިވަނީ ފުލުސް އެމީހާ ހައްޔަރު ނުކުރާތީއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close