ޚަބަރު

ގުރޭޑް 12 ގެ އިސްލާމް ފޮތުގައި ހިމެނޭ އާޔަތެއްގައިވެސް މައްސަލަ

ގުރޭޑް 12 ގެ އިސްލާމް ފޮތުގައި ހިމެނޭ ކީރިތި ޤުރްއާނުގެ އާޔަތެއްގައިވެސް މައްސަލަ ހުރިކަން ފާހަގަ ވެއްޖެއެވެ.

އެފޮތުގެ ޔުނިޓް 1 ގެ ފިލާވަޅު 7 ” އަޞްޙާބު ބޭކަލުންނާ މެދު ސުންނަތް ޖަމާޢަތުގެ ޢަޤީދާ”   ޞަފްޙާ ނަންބަރު 39 ގައިވާ ފިލާވަޅުގައި ހިމެނޭ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް ނިންމުމުގައި ވަނީ އިތުރު ކަލިމައެއް އިތުރު ކުރެވިފައެވެ.

މިކަން ފާހަގަކުރައްވާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ކުރެއްވި ޓްވިޓުގައި ވިދާޅުވެފައިވަނީ މިކަންކަން ވަރަށް އަވަހަށް ރަނގަޅުކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން މިއަދުވަނީ ގުރޭޑް 1 ގެ ޤުރްއާން ފޮތުގައި ހިމެނޭ ނަބައި ސޫރަތުގައިވެސް މައްސަލަތަކެއް ފެނި އެކަން އާއްމުންގެ ސަމާލުކަމަށް އައިސްފައެވެ.

އެކަމާއި ގުޅިގެން އެޑިއުކޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމައްސަލަ ފެނުނު ހިސާބުން އެކަން އިޞްލާޙުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އިސްލާމިކް މިނިސްޓްރީންވެސް ޗެކްކޮށްފައިވާ އެފޮތުގައި މައްސަލަ ހުރުމުން ގިނަބައެއްގެ ފާޑުކިޔުންތައް ދަނީ އެޑިއުކޭޝަން އަށާއި އިސްލާމިކް މިނިސްޓްރީއަށް އަމާޒުވަމުންނެވެ.

އެއް ކޮމެންޓް

  1. މިފަދަ ފާސްކުރުންތައް ފާސް ކުރަން ކޮމިޓީއެއް އޮންނަން ޖެހޭނެ. ތިން ހަތަރު މީހުން ދެތިންފަހަރު މަތިން ޗެކް ކުރަން ޖެހޭނެ ކަމަށް ފެނޭ . ޗެކް ކުރުމަކީ އެހާ އުނދަގޫ ކަމެއްވެސް ނޫން މިހާރަކު. ޤުރުއާން އެޕަކުން އަޑުއަޙާލައި ގެން ބަލާލީމަ ވަރަށް ފަސޭހަވާނެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close