ޚަބަރު

އާޝޫރާ ދުވަހާއިގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބަހެއް ބުނުން ވަރަށް މުހިއްމު – ޝައިޚް ސަމީރު

މިއަހަރުގެ އާޝޫރާ ދުވަހާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބަހެއް ބުނުން ވަރަށް މުހިއްމުކަމަށް ޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ ސަލަފް ކިއު އޭގައި ވާހަކަ ދައްކަވަމުން ޝައިޚް ސަމީރު ވިދާޅުވީ މިފަހަރު ކަންދިމާވެފަ އޮތްގޮތުން ރާއްޖެއާއި ސައުދީ ޢަރަބިއްޔާ އާއި މިވަނީ ހިޖުރީގޮތުން (އާޝޫރާ ދުވަސް) ތާރީޚް ތަފާތުވެފައިކަމަށާއި އެކަމާއިގުޅިގެން ރަސްމީބަހެއް ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ބުނަން ޖެހޭކަމަށެވެ. އަޅުގަނޑު އަދިވެސް އުއްމީދު ކުރަނީ އެދުވަސް އައުމުގެ ކުރިން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ރަސްމީބަހެއް ހާމަކުރައްވާނެކަމެއްކަމަށް ޝައިޚް ސަމީރު ވިދާޅުވިއެވެ.

އަދި ހަމަ އެ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޝައިޚް މުޙައްމަދު ޝިނާނުވެސް ވިދާޅުވީ، އެކަމާއިގުޅިގެން އިސްލާމިކް މިނިސްޓްރީން ރަސްމީބަހެއް ހާމަކުރަންޖެހޭކަމަށެވެ.

މުޙައްރަމު މަހަށް ހަނދުބެލުމަށްފަހު ސައުދީ ޢަރަބިއްޔާއިން އިޢުލާންކޮށްފައިވަނީ އާޝޫރާ ދުވަހަކީ (މުޙައްރަމުމަހުގެ 10 ވަނަ ދުވަހަކީ) އޯގަސްޓުމަހުގެ 19 ވަނަ ދުވަސްކަމަށެވެ.

އެހެންނަމަވެސް ރާއްޖޭގެ ކަލަންޑަރު ބުނާގޮތުން އާޝޫރާ ދުވަސްވަނީ އޯގަސްޓުމަހުގެ 18 ވަނަ ދުވަހަށެވެ.

މިކަމާއިގުޅިގެން މިހާރުވެސް ދިވެހިންގެ ތެރޭގައިވަނީ ވަރަށްބޮޑަށް ޚިޔާލު ތަފާތުވެފައެވެ. އެހެންނަމަވެސް އަދި މިހާތަނަށް އިސްލާމިކް މިނިސްޓްރީ އެކަމާއިގުޅިގެން ރަސްމީބަހެއް ބުނެފައެއްނުވެއެވެ.

އެއް ކޮމެންޓް

  1. keeveba? Ramadan masves saudi aa eku nufashaa fith eid ves saudi aa eku nukoh meege kurinves ebahuri hajj and hajj eid saudi aa eku kurani . Hehen islami gaumu thakunves mi gothah kan kurey. Veema salafun kon nafuratheh uffadhantho anekka thi hifanee. Heyonuvaa ne mi thah Afganah edhumuge kurin salafiyya uvaalan feney.

  2. ” މޮޅު” އަށް ހާދަ މައުލޫތެއް ނުލިބެޔޭ ދޮއްތަ . މީގެ ކުރިން ހައްޖު ދުވަސް ފިތުރު ޢީދު ދުވަސްރަ މަޟާން މަހުގެ ފުރަތަމަ ދުވަސް އަދި ޢާޝޫރާ ދުވަހާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީއިން ބަޔާނެއް ނެރޭ. ޢާޝޫރާ ދުވަހާ ބެހޭގޮތުން ހުކުރު ޚުޠުބާގަ ނަމަވެސް ބުނެދޭ މިވެނި ދުވަހަކީ އާޝޫރާ ދުވަސް ކަމާ އެދުވަހުގެ ރޯދައިގެ މާތްކަމާ ބެހޭގޮތުން. އަހުން ހީކުރީ 13ވަނަ ދުވަހުގެ ޚުޠުބާގަ ކިޔާނީ މުޙައްރަމްމަހުގެ ވާހަކައާ ޢާޝޫރާ ދުވަހުގެ ރޯދައިގެ ވާހަކަ ކަމަށް.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close