ލީކުވި އޯޑިއޯ ތަކުގެ މައްސަލައިގައި މަޖްލިސްތަޅުން ހޫނުވެ ރިޔާސަތަށް ވަރަށްބޮޑަށް ފާޑުކިޔައިފި
މިއަދުއޮތް ރައްޔިތުންގެ މަޖްލިސްގެ ޖަލްސާގައި އިދިކޮޅު މެމްބަރުން، ރައީސް ޔާމީންގެ ޝަރީއަތުގެ މަޖިލިސް ބެއްލެވި ތިން ފަނޑިޔާރެއްގެ އޯޑިއޯ ލީކުވި މައްސަލަވައްދާ އެކަމާގުޅުވައިގެން އިޙްތިޖާޖްކޮށް މުޅި މަޖްލިސްގެ ތަޅުން ހޫނުވެ ކޮންޓްރޯލްނައްޓައި، ރިޔާސަތުގައި އިނެންނެވި ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
މިއަދު މަޖިލިސް ޖަލްސާގެ ތަޅުން ހޫނުވުމުން ރިޔާސަތަށް އެންމެ ބޮޑަށް ފާޑުކިޔާފައިވަނީ މަޖިލިސްގައި ހިމެނޭ އެމްޑީޕީ މެމްބަރުންނެވެ. އެމެމްބަރުންވަނީ ވަރަށް ބޮޑަށް ކަންބޮޑުވެ ހޫނު ރައްދު ތަކެއް ދެއްވައިފައެވެ.
އިހުތިޖާޖުކުރާ އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމުން ނެރުމަށް ތަކުރާރުކޮށް ރިޔާސަތަށް ދެންނެވުމަށްފަހު ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ޕީޖީ ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވީ، އަފީފް މަސައްކަތް ކުރަމުންދަނީ މަޖިލީހުގެ އިދިކޮޅު މެމްބަރުންނާއި ގުޅިގެންކަމަށެވެ. މަޖިލިސް ހިންގަވަންޖެހޭ ގޮތް ކުރިމަތީގައި އޮތް އިރުވެސް އަފީފް އެއަށް ބެލުމެއްނެތި މަޖިސް ހިންގަވަނީ އިދިކޮޅު މެމްބަރުން ބޭނުންވާ ގޮތަށް ކަމަށެވެ.
މަޖިލީހަށް ރައީސް ޔާމީންއަށް ހުކުމް ކުރި މައްސަލައިގެ ކުއްލި މައްސަލަ ހުށަހެޅި ނަމަވެސް އެމައްސަލަ މިއަދު ކުރިއަށް ނުދިޔައީ ފަރަށް އެރި ބޯޓުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ގުރުއަތު ލައިގެން އެމައްސަލަ އަށް ބަހުސް ކުރުމަށް ކަނޑައެޅުމުންނެވެ.
ބޯޓު ފަރަށް އެރި މައްސަލާގައި ވާހަކަ ދައްކަވާނެ މެމްބަރަކުވެސް ނުވާއިރު، މިމައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވި މެމްބަރު ވަނީ ވިދާޅުވެފައެވެ. މިމައްސަލާގައި މިހާތަނަސް ވާހަކަ ދެއްކެވި ހަމައެކަނި މެމްބަރަކީ ރާއީއެވެ.
ކުއްލި މައްސަލައަށް ޖާގަ ނުލިބުމުން، މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް، އިދިކޮޅު މެމްބަރުން ދަނީ އިހުތިޖާޖު ކުރަމުންނެވެ. އިދިކޮޅު މެމްބަރުންވަނީ މިއަދު މަޖިލީހުގައި މިހުކުގެ މައްސަލަ ބެލުމަށްވުރެ ވަކި އެހެން މުހިންމު މަސައްކަތެއް ނެތްކަމަށެވެ. މިމައްސަލާގައި މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުންނާއި، ސަރުކާރަށް ތާއީދު ކުރާ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ދަނީ ބަދަލު ކުރަމުންނެވެ.
މަޖިލިސް ރައީސްގައި އިންނެވި، ހަސަން އަފީފް ވިދާޅުވަމުން ދަނީ މިމައްސަލައަކީ މަޖިލީހަށް ބެލޭނެ ކަމެއް ނޫންކަމަށެވެ. މިމައްސަލަ ބަލާނަމަ ހުށަހަޅަން ޖެހޭނީ ކޯޓިތަކަށް ކަމަށް އަފީފް ވަނީ ވިދާޅުވެފައެވެ.




Thithaa thibee hus 2 boa lee2 kolhun kaa
Rundin
komentu kuraakah beynumeh noon vaki baegge komentu jahanee.