ޚަބަރު

އަޅުގަނޑަށް ލަފާކުރެވެނީ މަހުލޫފު މިނިސްޓަރުކަމުން ވަކިކުރާނެކަމަށް – ޑރ.ޝަހީމް

ލަފާކުރެވެނީ ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފް މިނިސްޓަރުކަމުން ވަކިކުރާނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިފަދައިން ވިދާޅުވި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ” އަޅުގަނޑަށް ލަފާކުރެވެނީ މަނިކުފާނު (މަހުލޫފު) ވަޒީރުކަމުން ވަކިކުރާނެކަމަށް. އެއީ ސަރުކާރުން މިހާތަނަށް ވަކި ކުރި ހުރިހާ ވަޒީރުން ވަކިކުރީ ނުވަތަ ވަކިވާން ޖެހުނީ ނިކަން ރަނގަޅަށް ހަވަރަށް ދިނުމަށްފަހު! ވީމާ މަނިކުފާނު ވިސްނަވާ! ” މިފަދައިންނެވެ.

ޑރ. ޝަހީމް މިފަދައިން ވިދާޅުވެފައިވާއިރު، ރޭގައި ވަގުތު އޮންލައިންގެ ފަރާތުން ކުލަބް ހައުސްގައި ކުރިޔަށް ގެންދިޔަ “ހަވާސް” ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މަހުލޫފު ވިދާޅުވީ، ދައުލަތުން އަޅުގަނޑާއިމެދު ދަޢުވާކޮށްފިނަމަ، ދަޢުލަތް އޮރިޔާން ވާނެކަމަށެވެ.

އަދި ސާބިތުވެ ޖަލުޙުކުމެއް އަންނަވަރުގެ އެއްވެސް ހެއްކެން ނުދެއްކޭނެކަމަށްވެސް މަހުލޫފު ރޭގެ ޕްރޮގުރާމުގައި ވިދާޅުވެފައިވެއެވެ.

މަހުލޫފުގެ މައްސަލައަށް ގޮތެއް ނުނިމި ޕީޖީގައި އޮންނަތާވެސް 60 ށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close