އެމްޕީއެލްގެ މުވައްޒަފަކު ކޮންޓެއިނަރެެއްގެ މަތިން ވެއްޓި އަނިޔާވެއްޖެ
ބޯޓަކުން މުދާ އަންލޯޑްކުރަން އުޅުމުގެ ތެރޭގައި ކޮންޓެއިނަރެއްގެ މަތިން ވެއްޓި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފަކަށް އަނިޔާވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްޕީއެލްގެ އެމްޕީއެލްގެ ތަރުޖަމާނު، ދާނިޝް ނިޒާމް ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ރޭ 9:30 ހާއިރު ކަމަށެވެ.
“އޭނާ ކޮންޓެއިނަރ ސްޕްރެޑަރ އަޅުވަން އުޅެނިކޮށް ބޯޓު ރޯލު ކުރުމުން ސްޕްރެޑަރ އޭނާ ގައިގައި ޖެހި ކަހާލައި ތިރީގައި ހުރި ކޮންޓެއިނަރ މައްޗަށް ވެއްޓިިި ކަނާއަތު އުޅަނބޮށި ވަނީ ނެއްޓިިފައި” ދާނިޝް ވިދާޅުވިއެވެ.
ދާނިޝް އިތުރަށް ވިދާޅުވީ އެ މުވައްޒަފު ވެއްޓުނީ ވެއްޓުނީ 10 ފޫޓު މަތިންކަމަށާއި އޭނާ 15 މިނެޓު ތެރޭގައި ހޮސްޕިޓަލަށް އެމްޕީއެލްގެ މެޑިކަލްސްއިން ވަނީ ގެންގޮސްފައި ކަމަށެވެ.
އަދި މިހާރު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށާއި ހާދިސާ ހިނގި އިރުގައިވެސް މުވައްޒަފު ހުރީ އެމްޕީއެލް ބަނދަރު ސަރަހައްދުގައި އުޅެންޖެހޭ ސޭފްޓި ކަންތައްތައް( ހެލްމެޓް،ސޭފްޓީ ޝޫޒް، ވެސްޓް) ފުރިހަމަކޮށްގެން ކަމުގައިވެސް ދާނިޝް ވިދާޅުވިއެވެ.
ދާނިޝް އިތުރަށް ވިދާޅުވީ މިހާރު ދަނީ ބޮލަށް އެއްވެސް ގެއްލުމެއް ވެފައިވޭތޯ ބެލުމަށް ސީޓީ ސްކޭނެއް ހަދަމުން ކަމަށެވެ.

