ޚަބަރު

ރައީސް ޔާމީން ވެރިކަން ކުރެއްވީ ހީކުރިވަރަށްވުރެވެސް އަނިޔާވެރިކޮށް، ނުބައިކޮށް – ރޮޒެއިނާ

ރައީސް ޔާމީން ވެރިކަން ކުރެއްވީ ހީކުރިވަރަށްވުރެވެސް އަނިޔާވެރިކޮށް، ނުބައިކޮށް ކަމަށާއި، އެމްޑީޕީގެ ވެރިކަމާއި ދެކޮޅަށް ރައީސް ޔާމީނާއެކު މަސައްކަތް ނުކުރައްވާނެ ކަމުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެއެވެ.

ރޮޒޭ މިހެން ވިދާޅުވީ ރައީސް ނަޝީދު ރައީސް ޔާމީނާ ގުޅި ވަޑައިގެން ރައީސް ޞޯލިޙްގެ ވެރިކަމާއި ދެކޮޅަށް މަސައްކަތްކުރައްވާނެކަން އިއްޔެ އިއުލާނުކުރައްވާފައިވަނިކޮށް މި ކަމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

ގުޅުންހުރި ލިޔުންތައް

“އެމްޑީޕީއަށް ވަނީވެސް ރައީސް ޔާމީންގެ ވެރިކަން ދާނެގޮތް އެނގި އެކަމާ ދެކޮޅަށް މަސައްކަތް ކުރާނެ ޕްލެޓްފޯމެއްގައި މަސައްކަތް ކުރަން” ރޮޒޭގެ މި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރޮޒޭ ވިދާޅުވެފައިވަނީ ރައީސް ޔާމީން ވެރިކަންކުރީ ހީކުރިވަރަށްވުރެންވެސް އަނިޔާވެރިކޮށް، ނުބައިކޮށް ކަމަށެވެ. ރައީށް ޔާމީން އެ ހުންނެވީ ވައްކަން ސާބިތުވެ ޖަލުގައި ކަމަށެވެ.

“މިއަދު ރައީސް ސޯލިހާއި ދެކޮޅަށް ރައީސް ޔާމީނާއި ބައިވެރިވާންވީ ކީއްކުރަންތޯ؟ ރައީސް ޔާމީނަށް ކާކަށް އިންސާފު ހޯދައިދެވިގެންތޯ؟” ރޮޒޭގެ ސުވާލުތަކެއް އަމާޒުކުރައްވާފައިވެއެވެ.

ރޮޒޭ ވިދާޅުވެފައިވަނީ ރައީސް ސޯލިހް ގޯސް ނޫން ކަމަށެވެ. އަނިޔާވެރި ނޫންކަމަށެވެ. ވައްކަމެއް ނުކުރައްވާކަމަށެވެ. ކޮވިޑުގެ ހާލަތުގައިވެސް ޕްރޮޖެކްޓްތައް ހިންގާކަމަށެވެ.

އިތުރަށް ސުވާލު އުފައްދަވަމުން ރޮޒޭ ވިދާޅުވެފައިވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވީ ކީއްކަން ބުނެދެވެން ޖެހޭ ކަމަށެވެ. މައްސަލައަކީ ކޮބައިކަންވެސް ބުނެދެވެން ޖެހޭ ކަމަށެވެ.

ރޮޒޭ މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ލީޑަރުން އަދި ގައުމީ މަޖިލިސް މެންބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވެވި މެސެޖުތަކެއްގައި ބުނެފައިވަނީ އެމްޑީޕީ ބައެއް މީހުން ހިތްހަމަ ނުޖެހުނަސް ކުރާނެ ކަމެއް ނެތް ކަމަށާއި ރައީސް ޔާމީނާއި ޕީޕީއެމްއިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދުކުރާނަމަ އެބޭފުޅުންގެ އެހީއަށް އެދޭނެ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close