ޚަބަރު

އިހަވަންދޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ހއ. އިހަވަންދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ފެށީ އިއްޔެ ހަވީރުއެވެ. އެގޮތުން، ބައުންޑަރީ ވޯލް ހެދުމާއި ސައިޓު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ބިންހިއްކުމުގެ އަމަލީ މަސައްކަތް ފެށުމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ޓްވިޓެއްގައި ވަނީ އެ ރަށުގެ ރައްޔިތުންނަށް މަރުހަބާ ކިއުއްވާފައެވެ. އަދިއިހަވަންދޫ ރައްޔިތުންގެ މިހުވަފެން ހަޤީގަތަކަށް ހައްދަވައި ދެއްވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 10ގައެވެ. އެ ކުންފުންޏާ މި މަޝްރޫއު ހަވާލު ކުރީ 123.9 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއު އެމްޓީސީސީ އާ ހަވާލު ކުރީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމަށް ރިވެޓްމެންޓްޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close