ޚަބަރު

ޕާތް އޮފް އިސްލާމުގެ ” ﷲ ގެ 99 އިސްމުފުޅު ” ކިޔުމުގެ މުބާރާތް ވަރަށް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

ޕާތް އޮފް އިސްލާމްގެ ފަރާތުން 1440 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމުގެ ގޮތުން 14 އަހަރުންދަށުގެ ކުޑަކުދިންނަށް ހުޅުވާލައިފެން ކުރިޔަށް ގެންދިޔަ ” ﷲ ގެ 99 އިސްމުފުޅު ” ކިޔުމުގެ މުބާރާތް ވަރަށް ކާމިޔާބު ކަމާއިއެކު ނިންމާލައި ބައިވެރިންނަށް ހަނދާނީ ލިޔުމާއި އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނ.ވެލިދޫ ގެ ތަޢުލީމަށް ވަރަށް ގިނަދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ ނ.ވެލިދޫ ޝޭޑީ ސަޢީދު އަލްފާޟިލް އާދަމް އިބްރާހީމް އެވެ.

މުޅި މުބާރާތުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ފާޠިމަތު ނިސްޔާ ނަޞީރު އެވެ. 2 ވަނައަށް ހޮވިފައިވަނީ އާމިނަތު ޝުހުދާ އަޙްމަދު އެވެ. އަދި 3 ވަނައަށް ހޮވިފައިވަނީ ޢަބްދުﷲ ހާދީ ބިން ޙަސަން ޒަރީރު އެވެ.

ޕާތް އޮފް އިސްލާމުން މަޢުލޫމާތު ދެއްވާގޮތުގައި މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންނަށް 99 އިސްމުފުޅު ދަސްކުރުމުގައި ހިތްވަރުދީ ބޮޑަތިވާ ދަރިންނަކީ ﷲ ގެ 99 އިސްމުފުޅު ހިތުން ކިޔަން އެނގޭ ކުދިން ކަމުގައި ހެދުމެވެ.ﷲ ގެ އިރާދަފުޅާއިއެކު އަންނަ އަހަރުވެސް މި މުބާރާތް ބޭއްވިގެންދާނެކަމަށް ޕާތް އޮފް އިސްލާމުން މަޢުލޫމާތު ދެއްވައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close