ޚަބަރު

އަޅުގަނޑުގެ ފަރާތުން ދަންނަވަން އޮތީ ފިރުޢައުނާ މުޚާޠަބުކޮށް ސިހުރުވެރިން ދިން ޖަވާބު – ޑރ. ޢިޔާޟު

އެމް.އެން.ޔޫގެ އެސިސްޓެންޓް ޕްރޮފެސަރ މަޤާމުގައި ހުންނެވި ޑރ. ޢިޔާޟު މުޙައްމަދު ޢަބްދުއްލަޠީފު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، ކޮމެންޓެއް ހޯދުމަށް އެބޭފުޅާއަށް ވަރަށް ގިނަ ފަރާތްތަކުން ގުޅަމުންދާކަމަށާއި ކޮމެންޓެއްގެ ގޮތުގައި ދަންނަވަން އޮތީ، ފިރުޢައުނާ މުޚާޠަބުކޮށް ސިހުރުވެރިން ދިން ޖަވާބުކަމަށް ޑރ. ޢިޔާޟު ވިދާޅުވެއްޖެއެވެ.

ޑރ. ޢިޔާޟު މިފަދައިން ވިދާޅުވެފައިވަނީ، އެބޭފުޅާ ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައެވެ. އެބޭފުޅާ ކުރެއްވި ޓްވީޓުގައިވަނީ ސިހުރުވެރިން ފިރުޢައުނާ މުޚާޠަބުކޮށް ދިން ޖަވާބު ހިމެނޭ ޤުރްއާނުގެ އާޔަތްވެސް މާނައާއިއެކު ހިމަނުއްވާފައެވެ.

ޑރ. ޢިޔާޟުގެ ޓްވީޓުގައި ހިމަނުއްވާފައިވާ އާޔަތްތަކަކީ ޠާހާ ސޫރަތުގެ އާޔަތްތަކެކެވެ. އެ ސޫރަތުގެ 72 ވަނަ އާޔަތުން 76 ވަނަ އާޔަތަށް ހިމަނުއްވާފައިވެއެވެ. ތިރީގައި އެވަނީ ހަމައެކަނި ފިރުޢައުނަށް ސިހުރުވެރިން ދިން ޖަވާބު ހިމެނޭ އާޔަތެވެ.

قَالُوا لَن نُّؤْثِرَكَ عَلَىٰ مَا جَاءَنَا مِنَ الْبَيِّنَاتِ وَالَّذِي فَطَرَنَا ۖ فَاقْضِ مَا أَنتَ قَاضٍ ۖ إِنَّمَا تَقْضِي هَٰذِهِ الْحَيَاةَ الدُّنْيَا ‎﴿٧٢﴾

މާނައީ” އެއުރެން ބުނޫއެވެ. بيان ވެގެންވާ حجّة އާއި، دليل ގެ ތެރެއިން ތިމަންމެންނާ ހަމަޔަށް އައިސްފައިވާ އެއްޗަކާއި، ތިމަންމެން ހެއްދެވި ކަލާނގެއަށްވުރެ މައްޗަކަށް ތިމަންމެން ކަލޭ އިހެއްނުކުރާހުށީމެވެ. ފަހެ، ކަލޭގެ ކަނޑައަޅާގޮތަކަށް ކަނޑައަޅައި ނިންމާށެވެ! ހަމަކަށަވަރުން، ކަލެޔަށް ކަނޑައަޅައި ނިންމޭނީ (ހަމައެކަނި) މި ދުނިޔޭގެ حياة ގައެވެ.”

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close