ޚަބަރު

ނަފްރަތުގެ ޢަމަލު ހުއްޓުވުމުގެ ނަމުގައި ހުށަހަޅާފައިވާ ބިލާދެކޮޅަށް 85 ކައުންސިލަކުން ބަޔާން ނެރެފި

ނަފްރަތުގެ ޢަމަލު ހުއްޓުވުމުގެ ނަމުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއިދެކޮޅަށް މިއަދުގެ މިހާތަނަށް 85 ކައުންސިލުން ބަޔާން ނެރެފިއެވެ. މި ބަޔާންތަކުގައި ޖުމުލަ 430 ކައުންސިލަރުންވަނީ ސޮއިކޮށްފައެވެ.

ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ މި ބިލް މިހާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށްވަނީ ކޮމިޓީއަށްވެސް ފޮނުވާފައެވެ.

މި ބިލް ކޮމިޓީއަށްފޮނުވާފައިވީ ދުވަހު، އެ ބިލް ދިރާސާ ކުރާ ކޮމިޓީން ބުނެފައިވަނީ، މި ބިލަށް މަޝްވަރާ ހޯދާނީ، 3 މުއައްސަސާއަކުން ކަމަށެވެ. އެއީ، އިސްލާމިކް މިނިސްޓްރީންނާއި ޕީ.ޖީ އޮފީހުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުން ކަމަށެވެ. އެހެންނަމަވެސް، އެގޮތަށް ނިންމިތާ މާ ގިނަވަގުތު ތަކެއް ނުވަނީސް، ރައްޔިތުންގެ މަޖިލީހުންވަނީ މި ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުޞަތު ހުޅުވާލައިފައެވެ.

ރާއްޖޭގެ ބޮޑަތި ދީނީ ޖަމްޢިއްޔާތަކަކުންނާއި އެތައް ކައުންސިލަކުންނާއި ދީނީ އެހެނިހެން ޖަމްޢިއްޔާތަކުން ކެނޑިނޭޅިދަނީ މި ބިލާއިދެކޮޅަށް އަޑުއުފުލާ، ބަޔާންތައް ނެރެމުންނެވެ.

މި ބިލް އެއޮތްގޮތަށް އޮވެ، ފާސްވެއްޖެނަމަ، އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުން ޤާނޫނެއް ދަށުން ހިމާޔަތްވެ، މުންކަރާތްތައް ނަހީކުރަމުންދާ ފަރާތްތައް ކުށްވެރި ވެގެންދާކަމަށް މިކަމާއި ދެކޮޅަށް ނެރެމުންދާ ބަޔާންތަކުގައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close