ޚަބަރު

ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާއާއި ގުޅިގެން ދިވެހި ފުލުހުންނާއި، ޕްރޮސެކިއުޓާ ޖެނެރަލް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ 9:00 އިރު އޮންނާނެކަން ހާމަކޮށްފިއެވެ.

މި ބައްދަލުވުމުގައި ޕްރްސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް އާއި ޕޮލިސް ސީޕީ މުޙައްމަދު ޙަމީދު އާއި އޭސީޕީ މުޙައްމަދު ރިޔާޟު މަޢުލޫމާތު ދެއްވާނެއެވެ.

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެން 8 މީހަކު މިހާތަނަށް ހައްޔަރު ކޮށްފައި ވާއިރު އޭގެތެރެއިން 4 މީހަކަށް ދައުވާ ކުރުމަށް ޕީޖީ އަށް ވަނީ ފޮނުވާފައެވެ. އެ 4 މީހުންގެ ވަނަވަރެއް އާންމު ކޮށްފައެއް ނުވާއިރު އަދި ހައްޔަރު ކޮށްފައިވާ 8 މީހުންގެ ތެރެއިން ވެސް ވަނަވަރު ހާމަކޮށްފައި ވަނީ 5 މީހެއްގެއެވެ. ވަނަވަރު ހާމަކޮށްފައިވަނީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26، ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އަދި ނ. މަނަދޫ، ނޫރީގޭ، އަލީ ހައިޝަމް، 27 އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close