ޚަބަރު

މާލޭގައި އިޢުލާންކޮށްފައިވާ ކާފިއު ޙާލަތު އުވާލައިފި

މާލޭގައި މިހާރު އިޢުލާންކޮށްފައިވާ ކާފިއު ޙާލަތު އުވާލައިފިއެވެ.

މާލޭގައި އިޢުލާންކޮށްފައިވާ ކާފިއުގެ ޙާލަތު އުވާލިކަން އިޢުލާންކޮށްފައިވަނީ މިހާރު ރައީސް އޮފީހުން ކުރިއަށްދާ ނޫސް ކޮންފަރެންސްގައެވެ.

މީގެ އިތުރުން 2 ޑޯޒު ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ ހުރިހާ ފަރާތްތަކަށް މޮނިޓަރެއްގައި ނެތް ހުރިހާ ރަށްތަކަށް ކަރަންޓީނަކާ ނުލާ ރަށްރަށަށް ދަތުރު ކުރެވޭނެކަމަށާއި މާލޭގެ ޕޮޒިޓިވް ރޭޓް 5 ޕަސެންޓުގައި ހުންނަ ނަމަ އެގޮތަށް ދަތުރު ކުރެވޭނެކަމަށާއި މާލޭގެ ޕޮޒިޓިވް ރޭޓު 5 ކާއި 10 ޕަސެންޓާއި ދެމެދު ހުންނަނަމަ، ދަތުރު ކުރައްވާ ފަރާތްތަކުން 7 ދުވަހުގެ ކަރަންޓީއެއް ވާންޖެހޭނެ ކަމަށާއި މާލޭގެ ޕޮޒިޓިވް ރޭޓު 10 ޕަސެންޓަށްވުރެ މަތި ވެއްޖެނަމަ، މިހާރު އޮތް އުސޫލަށް ޢަމަލު ކުރެވޭނެކަމަށް ސްޕޯރކްސްޕާރސަން މަބުރޫކް ވިދާޅުވިއެވެ.

ރިސޯޓް މުވައްޒަފުންނަށްވެސް ބޮޑަތި ލުއިތަކެއް ދީ އެކަން އިޢުލާންކޮށްފައިވާއިރު، އިންޓަރނޭޝަނަލް ޓްރެވެލާރސް 2 ޑޯޒް ހަމަކޮށް 14 ދުވަސްވެފައިވާނަމަ، ރާއްޖެ ވަޑައިގަންނަވާއިރު 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް ގެންނަން ޖެހޭނެކަމަށާއި އަދި 7 ދުވަހުގެ ކަރަންޓީނެއް ވާންޖެހޭނެ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close