ޚަބަރު

ފޭދޫން 19 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

އައްޑޫ ސިޓީ ފޭދޫން 19 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ސ. ފޭދޫ، ހަމްދަރުދީގެ، ޙައްވާ ރާއިދާ މުނީރުއެވެ. އޭނާ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 14:52 އެހައިކަންހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައުލޫމާތު ލިބުމާ ގުޅިގެން ކަމާބެހޭ އިދާރާތަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ވަގުތުން ފަށާފައިކަމަށާއި، ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ރާއިދާއާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އޭނާ އުޅޭ ތަނެއް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ރާއިދާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ލަސްނުކޮށް އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792058 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close