ޚަބަރު

ކެމްޕޭން ފެއްޓެވުމުގެ ގޮތުން ރައީސް ނަޝީދު ފުރަތަމަ ބޮޑު ތިލަދުންމައްޗަށް

ކޯޅުންބޮޑު އެމްޑީޕީގެ އެތޭރެ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެޕާޓީގެ ރައީސް ، ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕޭން ފެއްޓެވުމުގެ ގޮތުން ފުރަތަމަ ބޮޑު ތިލަދުންމައްޗަށްކަމަށް ނަޝީދުގެ ކެމްޕެއިން ޓީމުން ބުނެފިއެވެ.
އަންނަ ޖަނަވަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްވެސް ވާދަ ކުރެއްވާއިރު، މިއިންތިޚާބަކީ ވަރަށް ކޯޅުންބޮޑު ވާދަވެރި އިންތިޚާބަކަށް ވެގެންދާނެކަމަށް ގިނަބަޔަކު ދެކެއެވެ.

ރަައީސް ނަޝީދުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ކެމްޕެއިނަށް ރައީސް ނަޝީދު ވަރަށް އަވަހަށް އަތޮޅުތަކުގެ ތެރެއަށް ދަތުރު ކުރައްވަން ފައްޓަވާނެ ކަމަށެވެ. އެ ގޮތުން ފުރަތަމަ ވަޑައިގަންނަވާނީ އުތުރުގެ ހއ. އަތޮޅާއި ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ، ރައީސް ނަޝީދުގެ އުތުރު ދަތުރުފުޅު ފައްޓަވާނީ މި މަހުގެ 29 ވަނަ ދުވަހު ކަމަށާ، އަދި އެ ދަތުރު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ 31 ވަނަ ދުވަހު ކަމަށެވެ.

މި ދަތުރުފުޮުފޭ އިތުރުން، ނަޝީދުގެ ހާއްސަ ކެމްޕޭން ޖަލްސާއެއްވެސް މާދަމާ ރޭ މާލޭގެ ސަލްޓަންޕާކްގައި ބާއްވަން ވަނީ ނިންމާފަ އެވެ.

ޖަނަވަރީ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާއި ދެކޮޅަށް ވާދަކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މި ޕްރައިމަރީއާއި ގުޅޭ އިންތިޚާބީ ކޮމިޓީ ރޭ ބޭއްވުނު ގައުމީ މަޖިލީހުގެ ޖަލްސާގައި އެކުލަވާލާފައިވާއިރު, އެ ކޮމިޓީ މެންބަރުން ހޮވުމުގެ ކުރިން ރައީސް ނަޝީދުގެ ފެކްޝަންގެ މެންބަރުން ވަނީ ޖަލްސާ ބޮއިކޮޓް ކޮށް ނުކުމެވަޑައިގެންފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close