ފުރަތަމަ ދައުލަތުން އިސްނަގައިގެން ޕީޖީޝަމީމް ފެންވަރުވާލަންފެނޭ. ނުހޭކޭ ތަނެއް ނެތް! – އަލީ ވަހީދު
ފުރަތަމަ ދައުލަތުން އިސްނަގައިގެން ޕީޖީޝަމީމް ފެންވަރުވާލަންފެނިވަޑައިގަންނަވާކަމަށާއި، ނުހޭކޭ ތަނެއް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ކަން ކުރައްވާފައިވާ އަލީ ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއް ޅެމެއް އެކި ރާގަށް އެކި ކެސެޓުން ޖެހިޔަސް ހަޤީޤަތް ބަދަލެއް ނުވާނެކަމަށާއި، ސޮދުރާ އަޖުޒުންވެސް ރައީސް ޔާމީނާ ވައްކަމާ ނުގުޅުވޭނެކަމަށެވެ. އަދި ތިޔަކަމާ އުޅެން ރަނގަޅީ ކޮންމެ މީހަކު އަމިއްލައަށް ފެންވަރާލައިގެންކަމަށްވިދާޅުވެ، ފުރަތަމަ ދައުލަތުން އިސްނަގައިގެން ޕީޖީޝަމީމް ފެންވަރުވާލަންފެނިވަޑައިގަންނަވާކަމަށާއި، ނުހޭކޭ ތަނެއް ނެތްކަމުގައި އެޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ، ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކޮށް ރައީސް ޔާމީން މިނިވަން ކުރައްވާފައި ވަނިކޮށް، އެމަނިކުފާނުގެ ޕާސްޕޯޓު ހިފަހައްޓެމުގެ އަމުރަކަށް ދައުލަތުން އެދުމުން އެފަދަ އަމުރެއް ނެރެދެވޭނެ ޖާގައެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމާއި ގުޅިގެން ކަމަށް ބެލެވެއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުވައިގެން އަލީ ވަހީދު މީގެ ކުރިންވެސް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރްސީ މައްސަލައާ ގުޅުވާ ކުރެވޭނެ އެއްވެސް ދައުވާއެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ބޮޑުބައި އަލީ ވަހީދު ދިރި އުޅުއްވީ ރާއްޖެއިން ބޭރުގަ އެވެ. އަމިއްލަފުޅަށް އަރުވާލެވިގެން ހުންނަވައިގެން އެމްއެމްޕީއާރްސީގެ ހިޔާނާތާއި ރައީސް ޔާމީނާ ގުޅުވައިގެން ރާއްޖޭގެ ޓީވީ ޕްރޮގްރާމުތަކުގައި އެންމެ ގިނައިން ވާހަކަ ދެއްކެވި އެއް ބޭފުޅަކީ ވެސް އަލީ ވަހީދެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލިފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ ސަބަބުން މިވަގުތުވެސް އޭނާހުންނެވީ ރާއްޖެ ވަޑައިގަތުމަށް އުޒުރުވެރިވެ ދައުލަތަށް ފިއްލަވައިގެންކަމުގައި ގިނަޔަބަކު ތުހުމަތުކުރެއެވެ. އަދި އެމަނިކުފާނު ހައްޔަރުކޮށްގެން ރާއްޖެގެނައުމަށް ފުލުހުންގެ މައްޗަށް އަމުރެއްވެސްވަނީ ކޯޓުން ނެރެފައެވެ.
