ޚަބަރު

ވެކްސިންގެ ދެޑޯޒް ފުރިހަމަކުރުމުން ރިސޯޓް މުވައްޒަފުންނަށް ރަށަށް ދެވޭގޮތް ހަދަނީ

ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ރިސޯޓް މުވައްޒަފުންނަށް ކަރަންޓީން ވުމަކާއިނުލާ ރަށްރަށަށް ދަތުރުކުރެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިސޯޓް މުވައްޒަފުން ވެކުސިން ފުރިހަމަކޮށް 14 ދުވަސް ވުމުން، ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއަކާއެކު ކަރަންޓީންވާން ނުޖެހި ރަށްރަށަށް ދަތުރުކުރެވޭނެ ކަމަށެވެ. އަދި މިގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިންމެވުމުން އެކަމަށްޓަކައި އުފާކުރައްވާކަމަށްވެސް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރުމަށްފަހު 14 ދުވަސް ފުރިހަމަވުމުން، ކަރަންޓީން ވުމަކާއިނުލާ ރަށްރަށް ދަތުރުކުރުމުގެ ހުއްދަ ދޭނީ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްތަކަށް ދިއުމަށެވެ.

މިނިސްޓަރ މައުސޫމްގެ ޓްވީޓްގައި ވިދާޅުވީ މިކަމާއި ގުޅޭ އިތުރު ތަފުސީލުތައް އެޗުޕީއޭއިން ލިބުމުން ރިސޯޓުތަކާއި ހިއްސާކުރާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ރިސޯޓުތަކުގައި މަސައްކަތްކުރާ 71 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައެވެ. އަދި 97 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close