ޚަބަރު

ކުރިއަށްއޮތް 4 ދުވަހުވެސް ރާއްޖެއަށް މޫސުން ގޯސްވާނެ – މެޓްއޮފީސް

ކުރިއަށް އޮތް ހަތަރު ދުވަހުވެސް ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސާވިސް އިން ބުނެފައިވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ޖުލައި ހަތެއްވާ ބުދަ ދުވަހު(މިއަދު)ން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

“އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލާ 60 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވާނެކަމަށް ލަފާކުރެވެއެވެ. އަދި ކަނޑުތައް ގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ބައެއް ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވެއެވެ.” މެޓް އޮފީހުން ބުނެފައިވެއެވެ.

މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ދަންނަވަމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close