ޚަބަރު

އަޅުގަނޑަށް ދިން ހަމަލައިގައި ސަރުކާރުގެ ބައިވެރިވުމެއް ނެތް – ރައީސް ނަޝީދު

6 މެއިގައި އަޅުގަނޑަށް ދިން ހަމަލައިގައި ސަރުކާރުގެ ބައިވެރިވުމެއް އެއްވެސް ވަރަކަށް އޮތްކަމަށް ޤަބޫލުނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ، މިހާރު ކުރިއަށްދާ “އާސްކްސްޕީކަރ” ގައި ވާހަކަފުޅު ދައްކަވަމުން، ބޭފުޅަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެއީ މިހާރުގެ ސަރުކާރުގެ ބައިވެރިވުން އޮތް ހަމަލާއެއްކަމަށް ދެކެން ވަރަށް ވަރަށް އުނދަގޫކަމަށާއި ދަންނަވާވެސް ވާހަކައަކީ، އެއީ ހަމައެކަނި ބޮންގޮއްވި 4 ކުދިންގެ ކަމެއް ނޫންކަމަށާއި އެކަމުގައި ޚަރަދުކުރިބަޔަކާއި އެކަން ރޭވި ބަޔަކު ވާނެކަމަށެވެ.

އަދި ޚަރަދު ކުރިބަޔަކާއި ރޭވި ބަޔަކު ވީ އެންމެ އަވަހަކަށް ހޯދެން ޖެހޭނެކަމަށްވެސް ޤަބޫލުރައްވާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close