ގެއްލުނު ފަތުރުވެރިން ސަލާމަތުން ރިސޯޓަށް އަރައިފި
ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ވީނުވީއެއް ނޭއްގި ގެއްލުނު 2 ފަތުރުވެރިން ހޯދަމުން ދަނިކޮށް ރިސޯޓަށް އަރައިފިއެވެ.
މި ދެމީހުން ގެއްލިގެން ހޯދަމުން ދަނިކޮށް ރިސޯޓަށް އަރާފައިވާކަމަށް އއ.މޫފުށި ރިޒޯޓާ ހަވާލާދީ އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. އެމްއެންޑިއެފުން ވިދާޅުވީ އެދެމީހުންގެ ޙާލުވެސް ރަނގަޅުކަމަށެވެ.
އއ.މޫފުށި ފަޅުތެރެއަށް ސްނޯކްލިންއަށް ފޭބި ދެ ފަތުރުވެރިޔަކު ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11:20ހާއިރުއެވެ. ގެއްލުނު ދެމީހުންނަކީ ޓުއަރިސްޓުންގެ ގޮތުގައި ޖަރުމަނުން އައިސްއުޅޭ ދެމަފިރިންނެވެ. މި ޙާދިސާއާއި ގުޅިގެން އެމްއެންޑީއެފްގެ ޑައިވަރުންވަނީ މި މީހުން ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
މިމީހުން ސަލާމަތްތެރިކަމާއެކު މިހާރު ރިސޯޓަށް އަރާފައިވާކަމަށް އެރިޒޯޓްގެ މެނޭޖްމަންޓުން ވިދާޅުވެއެވެ.

