ވާހަކަ

އަސްދޫނި (ކުޑަކުދިންގެ ވާހަކަ 55 )

އަސްދޫނި އެސޮރުގެ ހަތަރު ދަރިންނާއި އެކު ނިކަން ބޮޑު ފެންގަނޑެއްގެ ކައިރީގައި މަޑުކޮށްލިއެވެ. ފެންގަނޑަށް އެރުމުގެ ކުރިން މަންމަ އަސްދޫނި ނަޞޭހަތްދިނެވެ. އެކަނި އެއްވެސް ތާކަށް ނުދިއުމަށެވެ. ކުދި އަސްދޫނިތައް ތިބީ ފެންގަނޑަށް އެރި މަޖާކޮށްލާ ހިތްވެފައެވެ. އަދި މަސް ކައިހެދުމަށް ކެތްމަދުވެފައެވެ. މަންމަ އަސްދޫނި ފެންގަނޑުގެ އަޑިއަށްގޮސް މަސްހިފަން އުޅުނެއެވެ. ކުޑައިރުކޮޅެއްފަހުން މަންމަ އަސްދޫނި ދިން ނަޞޭހަތުގެ މަތިން ހަނދާންނެތުނެވެ.

ކުދިއަސްދޫނިތަކަށް މަސްތައް ފެނުމުން އޭގެ ފަހަތުން ދެވެން ފެށިއެވެ. ވަކި ހިސާބަކަށް ދެވުނު ތަނާ ގަދަ އޮއިވަރެއްގައި ޖެހިއްޖެއެވެ.  ކުދި އަސްދޫނިތައް އޮއިވަރުގެ ތެރެއަށް ދަމައިގަތެވެ.  މަންމަ އަސްދޫންޏަށް މިތަން ފެނުމުން އަވަސް އަވަހަށް ފަތާފައި ދިޔައިރު ކުދި އަސްދޫނިތައް ގެއްލިއްޖެއެވެ. ސަލާމަތްކުރަން ދިޔައިރު އެތަނުގައި އޮތީ ކިނބުލެކެވެ. މަންމަ އަސްދޫނި ހީކުރީ އެސޮރުގެ ދަރިންކޮޅު ކާލީ ކަމަށެވެ. މަންމަ އަސްދޫނި އަޑުން އަޑުނަގާ ރޯންފެށިއެވެ. އޭގެ ކުޑައިރުކޮޅެއްގެ ފަހުން ކުދިއަސްދޫނިތައް ރޯއަޑު އިވުނެވެ.

 މަންމަ އަސްދޫނި ހިތްވަރު އެލުވާނުލާ އަސްދޫނިތައް ހޯދަން މަސައްކަތްފެށިއެވެ. ފެންގަނޑުގެ ތެރެއިން އަރާ އެ ފެންގަނޑުގެ ނިމޭ ހިސާބަށް ދިޔައެވެ. ކަމަކުދާކަށް ނެތެވެ. ކުދި އަސްދޫނިތަކަށް ވަނީ ވަރަށް އަނިޔާވެފައެވެ. މަންމަ އަސްދޫނި ނިކަން އަވަހަށް އެސޮރުގެ ދަރިންކޮޅު ގޮވައިގެން ގެއަށް ދިޔައެވެ. (ނިމުނީ)

ގުޅުންހުރި ލިޔުންތައް

ޢިބްރަތް: މަންމަ ދޭ ނަޞޭހަތުގެ މަތިން ހަނދާން ނައްތާނުލާށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close