ހާލުގައި ޖެހުނު ޔޮޓެއް މާލޭ ފަޅަށް ވަދެއްޖެ
ބޭރުޤައުމެއްގެ ޔޮޓެއް ހާލުގައި ޖެހިގެން މާލޭފަޅަށް ވަދެއްޖެއެވެ.
ހާލުގައި ޖެހިގެން މާލޭފަޅަށް ވަދެފައިވަނީ ކޮން ޤައުމެއްގެ ކޮންކުންފުންޏެއްގެ ޔޮޓެއްކަމެއް އަދި ސާފެއް ނުވެއެވެ.
ފުލުހުން ބުނީ، އެ ޔޮޓު ވަދެފައިވަނީ މިއަދު ހަވީރު 17:00 ހާއިރު ކުރީގެ ނަސަންދުރާއާ ދިމާ ފަޅުތެރެޔަށް ކަމަށެވެ. ސްޓްރައިޑާ ނަމަކަށްކިޔާ އެ ޔޮޓް މާލޭފަޅަށްވަނީ ޙާލުގައި ޖެހިގެން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
އެ ޔޮޓުގެ މައުލޫމާތު ދީފައިވަނީ ރާއްޖޭގެ ލޯކަލް އެޖެންޓް މެދުވެރިކޮށް ކަމަށާއި، މި ޔޮޓުގައި ތިބީ ކިތައް މީހުންކަމެއް އަދި އެއީ ކޮން ގައުމެއްގެ ޔޮޓެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ދަޢުލަތު ސަލާމަތީ ޚިދުމަތްތަކުން މިވަގުތު ދަނީ އެޔޮޓުގައި ޙަރަކާތްތެރިވަމުންނެވެ. އަދި އެމްއެންޑީއެފް ކޯސްޓް ގާޑްގެ ބެލުމުގެ ދަށުން މިޔޮޓް ހުޅުމާލެ ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

