ޚަބަރު

ރައީސް ނަޝީދު ގެ މައްސަލަ އިމްތިޔާޒް ކޮމިޓީން ނުބަލަން ނިންމީ ރަނގަޅަށް – ކޮމިޓީގެ މުޤައްރިރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ހަމަލާގެ އިންކުއަރީއަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާނެ ކަމަށް ބުނެ، ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީއާ ގުޅިގެން މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމީ އުސޫލާ އެއްގޮތަށް ކަމަށް ކޮމިޓީގެ މުޤައްރިރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިމްތިޔާޒު ކޮމިޓީގެ މުގައްރިރު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރް އަބްދުއް ލަތީފު އެހެން ވިދާޅުވީ ނެރުއްވާފައިވާ ބަޔާނެއްގައެވެ.

އެ ބަޔާނުގައި ވިދާޅުވީ އެ މައްސަލަ ނުބަލަން ނިންމީ ކޮމިޓީގެ އެ ބައްދަލުވުމުގައި މެމްބަރުން ހުށަހެޅުއްވި ހުށަހެޅުއްވުންތަކުގެ ތަރުތީބުން ވޯޓަށް އަހައިގެން ކަމަށެވެ.

އެ ތަރުތީބުން އެންމެ ފުރަތަމަ އޮތީ އެ މައްސަލަ ކޮމިޓީން ނުބަލަން ހުށަހަޅައި ތާއީދު ލިބިފައި އޮތް ހުށަހެޅުމެއް ކަމަށާއި އެ ހުށަހެޅުން ފާސްކުރީ މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ހުށަހެޅި ތާއީދު ލިބުނީ އެ މައްސަލައަކީ ގާނޫނީ ގޮތުން އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބެލިދާނެ މައްސަލައެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެފައިވެ އެވެ.

ކޮމިޓީން ބުނީ އެ މައްސަލަ ނިންމި ބައްދަލުވުމަކީ ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުުވުމެއް ކަމަށް ވާއިރު ކޮމިޓީގައި މެމްބަރުން ދިން ވޯޓުގެ ނަތީޖާގެ ސްކްރީންޝޮޓްތަކެއް ލީކްވެފައިވާ ކަމަށާއި އެހެންވެ ކޮމިޓީގެ ބައެއް މެމްބަރުންނަށް އުނދަގުލާއި ފުރައްސާރަ ކުރިމަތިވެފައިވާ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ވިޔަ ނުދިނުމަށް ޓަކައި ސިއްރު ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ނުގެންދަން ވެސް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close