ޚަބަރު

މުއްދަތު ހަމަވެފައިވާ ކާޑު ބޭނުންކޮށްގެން ޑޮމެސްޓިކް ދަތުރުތައް ނުކުރެވޭގޮތް ހަދައިފި

މަތިންދާ ބޯޓްގައި ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރުމުގައި މިހާތަނަށް މުއްދަތު ހަމަވެފައިވާ ކާޑު ބޭނުންކޮށްގެން ދަތުރު ކުރެވުނަސް މިހިނގާ ޖެނުއަރީ މަހުގެ 1 ވަނަދުވަހުން ފެށިގެން މުއްދަތު ހަމަވެފައިވާ އައިޑީކާޑާއި ޕާސްޕޯޓް އަދި ޑްރައިވިން ލައިސަންސް ބޭނުން ކޮށްގެން ދެން ޑޮމެސްޓިކް ދަތުރުތައް ނުކުރެވޭނެ ކަމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އިން ނިންމައިފިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ކުރި ޓްވީޓެއްގައި ބުނީ މިއަހަރު ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވެފައިވާ އައިޑީކާޑާއި ޕާސްޕޯޓް އަދި ޑްރައިވިން ލައިސަންސް ބޭނުން ކޮށްގެން ޑޮމެސްޓިކް ދަތުރުތައް ނުކުރެވޭނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ވަނީ އޮންލައިންކޮށް އައިޑީކާޑަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. މީގެ އިތުރުން މިހާރު އަތޮޅުތަކުގެ ބައެއް ރަށްރަށުންވެސް އައިޑީކާޑު ހެއްދޭގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close