ޚަބަރު

ދެމިލިއަން ފަތުރުވެރިންނަށް އަންނަ އަހަރުގެ އަމާޒު ހިފައިފި


އަންނަ އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފައިފި ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ 55 ވަނަ ބޯޑް ގަވަނާރސް ބައްދަލުވުމުގެ ސެމިނާރގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ 55 ވަނަ އަހަރީ ބައްދަލުުވުގެ ސެމިނާއެއްގައި ވާހަކަދައްކަވަމުންނެވެ.

ސަރުކާރުގެ މިއަހަރުގެ އަމާޒަކީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެސް 13 މިލިއަން ބެޑް ނައިޓްސް ހެދުމެވެ. ފަތުރުވެރިންގެ ތަފާސްހިސާބަށް ބައްލަވައި މިއަހަރުގެ އަމާޒު ހާސިލްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވަ އެވެ.
ޑރ. މައުސޫމް ވިދާޅުވީ ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ އަންނަ އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެސް 14.5 މިލިއަން ނައިޓްސް ހެދުމަށެވެ.

މިނިސްޓަރު މައުސޫމް ފާހަގަކުރެއްވި ގޮތުގައި ރާއްޖެ އަކީ ކޮވިޑްގެ ސަބަބުން އިގުތިސާދަށް އެންމެ ބޮޑު އަސަރެއްކުރި އެއް ގައުމެވެ. އެކަމަކު ރާއްޖެ ހިމެނެނީ އެ ހާލަތުން އެންމެ އަވަހަށް އަރައިގަނެެ، ކުރީގެ ހާލަތަށް ރުޖޫއާވާ އެއް ގައުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން ރާއްޖޭގެ މި އަހަރުގެ އަމާޒަކީ 1.6 ޓޫރިސްޓުން ގެނައުން ކަމަށް ވިޔަސް އަންނަ އަހަރުގެ ޓާގެޓަކީ ދެ މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަހަރު ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރާ އިރު، 1.6 މިލިއަން ޓޫރިސްޓުން ގެނެސް 13 މިލިއަން ބެޑް ނައިޓްސް ހެދުމުގެ އަމާޒު ހާސިލު ވެސް ކުރެވޭނެ އެވެ. އަދި އަންނަ އަހަރު އަމާޒުހިފަނީ ދެ މިލިއަން ޓޫރިސްޓުންނާ އެކީ 14.5 މިލިއަން ބެޑް ނައިޓްސް ހެދުން ކަމަށް ވެސް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލް ފެންނަނީ އުޖާލާކޮށް ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާ އިން ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު މައުސޫމުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close