ޚަބަރު

އެމްކިޔުއޭ ގަބޫލުކުރާ ސަނަދެއްކަން ކަށަވަރު ނުކޮށް ކޯސްތައް ފުރިހަމަ ނުކުރުމަށް އިލްތިމާސްކޮށްފި

ކޮލިޕިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ސަނަދެއްކަން ކަށަވަރު ނުކޮށް ބައެއް ކޮލެޖް ތަކުން މައުލޫމާތު ފަތުރަމުންދާކަން ފާހަގަކުރެވޭ ކަމަށާއި ކޮލިޕިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ސަނަދެއްކަން ކަށަވަރު ނުކޮށް ކޯސްތައް ފުރިހަމަ ނުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އިލްތިމާސްކޮށްފިއެވެ.

ކޮލިފިކޭޝަން އޮތޯރިޓީއިން ބުނީ ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުގެ ސަނަދުތައް ގަބޫލުކުރުމަކީ ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު ގެ 7 ވަނަ މާއްދާގެ (ބ) އާއި އެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން އެ އޮތޯރިޓީ އާ ހާވާލުކުރެވިފައި ވާ ގާނޫނީ ޒިއްމާއެއް ކަމަށާއި އެކި ފަރާތްތަކުން ހާސިލުކުރާ ސަނަދުތަކަކީ ގަބޫލުކުރާ ސަނަދުތަކަކަށް ވާންޖެހޭ ކަމަށެވެ.

ރާއްޖެއިން ބޭރުން ހާސިލުކުރާ މަތީ ތައުލީމުގެ ސަނަދުތައް އެ އޮތޯރިޓީއަށް ހުށަހަޅައި އަދި ގަބޫލުކޮށް އެކަމަށް ހާއްސަ ތައްގަނޑު އެ އޮތޯރިޓީއިން ޖަހައި ވެލިޑޭޓް ކޮށްފައި ވާ ސަނަދުތަކަކަށް ވާން ޖެހޭ އިރު ސަރުކާރުގެ އެކި އިދާރާތަކުން ވަޒީފާ ދިނުމުގައި ބަލައިގަންނަނީ އެ އޮތޯރިޓީން ގަބޫލު ކޮށްފައިވާ ސަނަދުތައް ކަން ފާހަގަ ކުރެއެވެ.

އެ އޮތޯރިޓީއިން ބުނީ އެ އޮތޯރިޓީން ގަބޫލުކުރާ ސަނަދެއްކަން ކަށަވަރު ނުކޮށް ބައެއް ސަނަދުތަކުގެ މައުލޫމާތު އެކި ގޮތްގޮތަށް ހާމަކުރަމުން ދާކަން ފާހަގަ ކުރެވިފައި ވާ ކަމަށާއި އެފަދަ ސަނަދުތަކުގެ ތެރޭގައި އެ އޮތޯރިޓީން ގަބޫލު ނުކުރާ ކަމަށް އާންމުކޮށް އިއުލާން ކޮށްފައި ވާ ސަނަދުތަކާއި ސަނަދުތައް ގަބޫލު ކުރުމުގެ އުސޫލުތަކުގެ ދަށުން އެކި ސަބަބުތަކާހުރެ ގަބޫލު ނުކުރެވޭ ފަދަ ސަނަދުތައް ވެސް ހިމެނޭ ކަމަށެވެ.

މުއައްސަސާތަކުންނާއި ސަނަދު ހާސިލު ކުރާ ފަރާތްތަކުން އެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އޮތޯރިޓީއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close