އިތުރަށް ސަމާލުވޭ އިންޑިޔާއިން އަނެއްކާވެސް އާ ވޭރިއަންޓެއް ފެނިއްޖެ
ކޮވިޑްގެ ބައްޔަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވަނިކޮށް މުޅި ދުނިޔެ ހާސްކަމުގެ ތެރެއަށް ވައްޓާލީ އިންޑިޔާއިން ފެނު ކޮވިޑް 19 ގެ އާވޭރިއަންޓެއްގެ ސަބަބުންނެވެ. ޑަބުލިޔު އެޗްއޯއިން ހާމަކޮށްފައިވާ ގޮތުގައި އެފަހަރު އިންޑިޔާއިން ފެނުނު ވޭރިއަންޓްގެ ސަބަބުން ކޮވިޑް ފެތުރުން 40 އިންސައްތަ އިތުރުވެގެން ދިޔައެވެ.
އަނެއްކާވެސް މިވަނީ ކޮވިޑް – 19 ގެ މުޅިން އާ ވޭރިއަންޓެއް އިންޑިޔާއިން ފެނިފައެވެ. އިންޑިޔާގެ ޕޫނާގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގެ ދިރާސާއިން ހޯދި ކޮވިޑް ފަތުރާ ވައިރަހުގެ އާ ވޭރިއެންޓަކީ ބީ.2.28.1.1 އެވެ. މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ދައްކާ ގޮތުގައި މި ވޭރިއަންޓުގެ ސަބަބުން ކޮވިޑް ޖެހޭމީހުންނަށް ވަރަށް އަވަހަށް ނިޔުމޯނިޔާ ޖެހި ފުއްޕާމެޔަށް ގެއްލުން ލިބި މީހާގެ ހާލު ވަރަށް އަވަހަށް ނާޒުކު ހާލަތަކަށް ބަދަލުކޮށްލައެވެ.
މިކަމާއި ގުޅޭ މަޢުލޫމާތު ހާމަކޮށްފައިވާ މަސްދަރުތަކުން ރިޕޯރޓް ކޮށްފައިވާ ގޮތުގައި އާ ވޭރިއެންޓް ދަނެގަނެވުނީ އިނގިރޭސި ވިލާތާއި ބްރެޒިލްއިން އިންޑިއާއަށް އެތެރެވި މީހުންގެ ސާމްޕަލްތައް ޓެސްޓުކޮށްގެންނެވެ.
ކޮވިޑް- 19 ގެ ނުރައްކާ ދުނިޔޭގެ ގިނަޤައުމުތަކަކަށް ބޮޑުވަމުންދާއިރު މިއީ އަނެއްކާވެސް އިތުރަށް ވިސްނާލަންޖެހޭނެ ކަމެކެވެ.

