ޚަބަރު

ރައީސްނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅޭ އިތުރު މަޢުލޫމާތު ދިނުމަށް ޕްރެސް އެއް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް، މިދިޔަ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު އޮންނާނެ ކަމަށް ފުލުހުން ބުނެފިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މެންދުރުފަހު 13:30ގައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާދިންތާ އެއް މަސް ދުވަސް ވެގެން ދިޔައިރުވެސް، އެކަމަށް ފަންޑު ކުރީ ކޮން ބައެއްްކަން ހޯދިފައިނުވާތީ، ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް ވަނީ އަމާޒުވެފައެވެ.

ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރިން، ކާރަށް އަރައިވަޑައިގަންނަވަނިކޮށް ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގަތެވެ. ނަޝީދުގެ ފުރާނަ ސަލާމަތްކުރަން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ގިނަ ސާޖަރީތައް ކުރުމަށް ފަހު އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުގައެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ ހަތަރު މީހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުން އޮތް މީހުން ކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close