ޓެކްނޮލޮޖީ

އެޕަލް އިން ދެން ނެރޭ ފޯނަކަށް “އައިފޯން 13” އޭ ނުކިޔަފާނެ!

މަޝްހޫރު އެޕަލް ކުންފުނިން 2021 ވަނަ އަހަރު ނެރުމަށް ހަމަ ޖެހިފައިވާ އައިފޯނަށް “އައިފޯން 13” އޭ ނުކިޔަފާނެއެވެ. 2017 ވަނަ އަހަރު ވެސް އެޕަލް ކުންފުނިން އައިފޯން 8 ކަށް ފަހު އައިފޯން 9 ދޫކޮށްލާ އައިފޯން 10 (އެކްސް) ނެރުނެވެ.

 އެޕަލް އިން ބުނި ގޮތުގައި “9” މި ނަމްބަރަކީ އެމީހުން ދެކޭ ގޮތުގައި ވަރަށް އަންލަކީ ނަމްބަރެކެވެ.  ގިނަ ފޭންސް ބުނާ ގޮތުގައި އެޕަލް ކުންފުނިން އައިފޯން 9 ދޫކޮށްލީ، ވިންޑޯސް އިން “ވިންޑޯސް 9” ދޫކޮށްލާ 10 އަށް ދިއުމުންނެވެ.

އެޕަލްގެ ކޮމިއުނިޓީ އިން ދެކޭ ގޮތުގައި މިފަހަރު އައިފޯން 13 ގައި “13” މިނަންބަރ ދޫކޮށްލަނީ މިއީ މުޅި އެޕަލްގެ ހިސްޓްރީގައި ވެސް ނިކުންނާނެ އެންމެ ވަރުގަދަ ފްލެގްޝިޕް ފޯނަށް ވުމުން ފަހަރެއްގަ ފްލެގްޝިޕްއާއި ގުޅުވައިން ނަމެއް ކިޔާދާނެކަމަށެވެ.

މިވާހަކަތަށް ޓުވިޓަރގައި ވަރަށް ބޮޑަށް ދަނީ ދައުރުވަމުންނެވެ.

ގިނަ ނޫސް ތަކުން ބުނާ ގޮތުގައި އައިފޯން 13 ޔަށް ކިޔާނީ، މޮޓޮރޮއްލާ ސިޓްރަސް، އެލްޖީ ޗޮކްލެޓް އޮފް ޔޯރ އަދި މޮޓޮރޮއްލާ ރޭޒަރ މިކަހަލަ މުޅިން ތަފާތު މަޖާ ނަމަކެވެ. އެއްބައި ނޫސް ތަކުން ބުނައި ގޮތުގައި މި ފޯނަށް ރޯމަން ނިއުމަރަލްސް އިން ނޫނީ އައިފޯން 12އެސް އޭ ވެސް ކިޔާ ދާނެއެވެ.

އެޕަލް ގެ މި ފޯނު 2021 ވަނަ އަހރުގެ އެޕަލް ސެޕްޓެމްބަރ އިވެންޓުގައި ނެރެން ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close