ކޮވިޑުން ނަޖާވެވޭނީ
ކޮވިޑުން ނަޖާ ވެވޭނީ ޒިންމާ އަދާ ކުރެވިގެން
ކޮވިޑުން ދިފާޢު ކޮށްދޭ ވެކްސިން ތިބާ ޖަހައިހެން
ގައިދުރު ކަމާ އެކީގައި މުޖުތަމަޢުގައި އުޅެވިގެން
ވައިރަހުގެ ހުރިނުރައްކާ އެނގި މާސްކްވެސް އަޅައިގެން
އަނެކުންގެ ޙައްޤު އިސްކޮށް ޒިންމާ އަދާކުރެވިގެން
ދަނެގެން މިކަންހިނގާގޮތް ރަނގަޅަށް ސަމާލުވެވިގެން
ފުރަބަންދުގައި ތިބޭއިރު ވިސްނައި ފިކުރުކޮށްގެން
ކުރަމުން އެދާ އަމުރުތައް ކަނުލާ އަހައި ބަލައިގެން
ޤައުމިއްޔަތާއި ދީނަށް ފަރުވާވެ އިސްނަގައިގެން
ޤައުމީ ކަމެއްގެ ގޮތުގައި އެންމެން މިކަން ހަދައިގެން
މިކަމުން ނަޖާކުރެއްވުން އެދިގެން ދުޢާކުރެވިގެން
ބިކަ ޙާލު ފިއްލަވައިތޯ ބިރުވެތިވެ ބޯލަނބައިގެން

ވަރަށް ޢިލްމީ ބަޔަކު މަަަސަްކަތް ކުރާ ތަނެތް ކަމަށް ގަބޫލު ކުރެވޭ
ތިޓީމްެާް އާއިއެކުމަސައްކަތްކުރުމުގެ ފުރުޞަތެއް ލިބިދާނެތޯ