ޚަބަރު

ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޢަދަދު 119 އަށް

ކޮވިޑް-19 ބަލީގައި މިއަދުވެސް ރާއްޖެއިން 3 މީހުން ނިޔާވުމާ އެކު ރާއްޖޭގައި މި ބަލީގައި ނިޔާވި މީހުންގެ ޢަދަދުވަނީ 119 އަށް މިވަނީ އަރައިފައެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދު އެންމެ ފަހުން މިބަލީގައި ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭގެ ކުރިން ނިޔާވެފައިވަނީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދެ ދިވެއްސެކެވެ.

މިއާއެކު މިބަލީގައި ނިޔާވި ދިވެހިންގެ ޢަދަދުވަނީ 104އަށް އިތުރުވެފައެވެ. އަދި ނިޔާވި ބިދޭސީންގެ ޢަދަދަކީ 15އެވެ.

ކޯވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިމަހުއެވެ. އެގޮތުން މިހާތަނަށް މިބަލީގައި 46 މީހުން މިވަނީ ނިޔާވެފައެވެ. ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު މިބަލިން ރައްކާތެރިވުމަށް ބޭނުންކުރަމުން އަންނަ ދިފާޢު ވެކްސިން ފުރިހަމަނުކޮށް ތިބި މީހުން ގިނަކަން އެޗްއީއޯސީ ފާހަގަކުރައްވައެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާ ބޮޑުވެ ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެ އަދި މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދުވެސްވަނީ އިތުރުވެފައެވެ.

އިއްޔެވެސް 2000ވުރެ ގިނަ ޕޮޒިޓިވް ކޭސް ރިޕޯޓުކޮށްފައިވާއިރު، ބަލި ޖެހުނު މީހުންގެ ޖުމަލް ޢަދަދު މިހާރުވަނީ ދޮޅުލައްކައަށް އަރާފައެވެ. އަދި ޕޮޒިޓިވްވެ ފަރުވާ ހޯދާމީހުންގެ ޖުމްލަ ޢަދަދުވަނީ 20،000 އަށްވުރެ އިތުރުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close