ޚަބަރު

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ އުދުވާނީ ހަމަލާތައް ހުއްޓާލައިފި

ފަލަސްތީނުގައި ދިރިއުޅެމުންދާ ނިކަމެތި މުސްލިމް ރައްޔިތުންނަށް އަމާޒުކޮށް ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުން ދެމުން ގެންދިޔަ ޢުދުވާނީ ހަމަލާތައް ހުއްޓާލައިފިކަމަށް ބޭރުގެ ނޫސްތަކުން ޚަބަރުކޮށްފިއެވެ.

ފަލަސްތީނަށް ދެމުން ގެންދިޔަ ހަމަލާތައް ހުއްޓާލައިފާވާއިރު، 11 ދުވަސް ވީ ޢުދުވާން ތަކުގައި ފަލަސްތީނުން ވަނީ 200 އަށްވުރެ ގިނަމީހުން ޝަހީދުވެފައެވެ. ފަލަސްތީނުގެ ދިފާޢުގައި ހަމާސް ޖަމާޢަތުން ދިން ހަމަލާތަކުގައި އިސްރާއީލަށްވެސް ވަނީ ގެއްލުންތަކެއް ވެފައެވެ.

ފަލަސްތީނުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ހަމާސްޖަމާޢަތުންވެސް އިތުރަށް ހަމަލާނުދޭނެކަމަށް ވަނީ އެއްބަސްވެފައެވެ. އަދި ހަނގުރާމައިގެ ކާމިޔާބީ އެޖަމާޢަތުންވަނީ ފާހަގަކޮށްފައެވެ. ހަމައެހެންމެ އިސްރާއީލުންވެސް ވަނީ ފަތަޙަ ލިބުނީ އެމީހުންނަށް ކަމަށްބުނެފައެވެ.

ފަތިހު ހަމަލާތައް ހުއްޓުމަކަށް އައުމާ އެކު ގާޒާގެ މަގުތަކަށް ފަލަސްތީނު ރައްޔިތުން ނުކުމެ ގެންދަނީ އުފާ ފާޅުކުރަމުންނެވެ. އަދި ހަރު އަޑުން “ﷲ އަކްބަރް” ގޮވަމުން ގެންގޮސްފައިވެ އެވެ.

ގާޒާގައި މިފަހަރު ހަމަލާތައް ފެށުނީ ރޯދަ މަހު މުސްލިމުން އަގްސާ ހަރަމްފުޅުގައި އަޅުކަމުގައި ތިއްބާ އެތަނަށް ގޮސް ހިންގި ހަމަނުޖެހުންތަކަށް ފަހު މި މަހުގެ 10 ވަނަ ދުވަހު އެވެ. އަގްސާ އަށް ވަދެ، އަޅުކަމުގައި ތިބި މީހުން އެތަނުން ނެރެ އަނިޔާކޮށް ފުރައްސާރަކުރި މައްސަލަ ހޫނުވެ ހަމާސް އިން އިޒްރޭލަށް ރޮކެޓުން ހަމަލާ ދިނެވެ.

އިސްރާރީލްގެ ހަމަލާތަކުގައި ފަލަސްތީނުގެ ގެތަކެއް ބިމާހަމަވެފައި / ފޮޓޯ: އޭޕީނިއުސް

ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި 12 މީހަކު މަރުވި ކަމަށާއި އޭގެ ތެރޭގައި ކުޑަ ދެ ކުދިން ހިމެނޭ ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close