ޚަބަރު

ޚާރިޖީ ވަޒީރުގެ ސީވީ ރީތިކުރަންވިޔަސް މީ ތަންކޮޅެއް ބޮޑުވަރު – ޝިޔާމް

ކޮވިޑް ގެ ބަލިމަޑުކަމުގައި ރައްޔިތުން މިހާދަތި އުނދަގޫ ޙާލަތުގައި ތިބިއިރު ޚާރިޖީ ވަޒީރު ސިވީ ރީތިކުރަންވިޔަސް މީ ތަންކޮޅެއް ބޮޑުވަރު ކަމުގައި ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި މިގޮތަށް ވިދާޅުވެފައިވާއިރު އޭނާވަނީ “ޝާހިދު ނިއުޔޯކުގައި ހުންނަވާތާ 1 މަސް: 2 މިލިއަން ރުފިޔާ ހަރަދުވެއްޖެ” މިސުރުޚީގެ ދަށުން އޮންލައިން ނޫސް ދިޔަރެސްގައި ލިޔެފައިވާ ޕޯސްޓެއް ހިއްސާކުރައްވާފައެވެ.

އެލިޔުމުގައި ބުނެފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާގެ ނިއުޔޯކުގައި ހުންނަވާތާ 1 މަސް ވީއިރު މިހާތަނަށް ދަތުރުގެ ހަރަދުގެ ގޮތުގައި ގާތްގަނޑަކަށް 2 މިލިއަން ރުފިޔާ ހަރަދުވެއްޖެކަމަށެވެ.

މިނިސްޓަރު ޝާހިދު ނިއުޔޯކަށް ވަޑައިގެންނެވީ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުކަމަށާއި،  އަދި އެމަނިކުފާނާއި އެކު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޚަލީލް އާއި އެ މިނިސްޓްރީގެ އިތުރު 3 މުވައްޒަފަކާއި މިނިސްޓަރުގެ ބޮޑީގާޑު ވަޑައިގެންނެވިކަމަށްވެސް އެލިޔުމުގައި ބުނެފައިވެއެވެ.

މިނިސްޓަރު ޝާހިދު ނިއުޔޯކަށް ވަޑައިގެންފައިވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމަށް އެމަނިކުފާނު ވާދަ ކުރައްވާތީ ކެމްޕެއިން ކުރެއްވުމަށްކަމަށާއި، އެ އިންތިހާބުގެ ވޯޓުލުން ޖޫން މަސްތެރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު އިންތިހާބުގެ ކެމްޕެއިންނަށް ދައުލަތުގެ ބަޖެޓުގައި 4،354،772 ރުފިޔާ ކަނޑައަޅާފައިވާކަމަށްވެސް ދިޔަރެސްގެ ލިޔުމުގައި ވެއެވެ.

ޝާހިދުގެ ދަތުރުފުޅު އެއްކޮށް ނިމުމުން އެ ދަތުރަށް ކުރެވުނު އެންމެހާ ހަރަދުތަކުގެ ތަފްސީލީ މައުލޫމާތު، މައުލޫމާތު ހޯދާލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން ހޯދުމަށްފަހު ގެނެސްދެވޭނެވާހކަވެސް އެނޫހުގައި ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close