ޚަބަރު

މިއަދުވެސް އިތުރު 1465 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެ އިން މިއަދުވެސް އިތުރު 1465 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭގެ ރެކޯޑްތަކުން ދައްކާގޮތުގައި މިއަދު ޕޮޒިޓިވްވި ކޭސްތަކުގެ ތެރެއިން 517 މީހުންނަކީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންނެވެ.

އެހެންކަމުން 948 މީހުންނަކީ ކުރިން ކޮވިޑަށް ޓެސްޓް ކުރަން ސާމްޕަލް ނަގައި ނަތީޖާ ލަސްވެފައި މީހުންނެވެ.

އަދި މިއަދު ޕޮޒިޓިވްވި އިއުލާންކުރި މީހުންގެ ތެރެއިން 1213 މީހުންނަކީ  ގްރޭޓަރމާލެ އޭރިޔާއިން ޕޮޒިޓިވްވި މީހުންނެވެ.

އަދި 244 މީހުންނަކީ މީހުން ދިރިއުޅޭ އެހެނިހެން ރަށްތަކުން ޕޮޒިޓިވް މީހުންނެވެ.

މިއަދު ރިސޯޓްތަކުން ޕޮޒިޓިވް ވި ކަމަށް ރެކޯޑްތަކުން ދައްކަނީ 8 މީހެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close