ޚަބަރު

ދެވަނަޑޯޒް ޖަހަންޖެހޭ އެތައްބަޔަކަށް ރާއްޖޭގައި ވެކްސިން ނެތިގެން ނުޖެހިފައި

ރާއްޖޭގައި ފުރަތަމަ ދޭންފެށި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި އެތައްބަޔަކު އޭގެ ދެވަނަ ޑޯޒް ނުޖެހިފައިވާތީ ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް މަދުވުމުން ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޝީލްޑްގެ ވެކްސިންގެ މިހާރު ބާކީ ހުރީ 1،200 ޑޯޒް ކަމަށެވެ. ފުރަތަމަ ޑޯޒަށް ފަހު، ދެ ވަނަ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ ޖުމުލަ 92،000 މީހުން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ޝަރުތު ހަމަވެ ވެކްސިން ނުލިބިގެން ވެކްސިން ނުޖެހިފައި މާލޭގައި 55،000 މީހުން އަދި ރަށްރަށުން 37،000 މީހުން އެބަތިއްބެވެ.

ރާއްޖޭން ވެކްސިން ހުސްވީ، އިންޑިއާގެ ކޮވިޑްގެ ހާލަތު ގޯސްވެ، އެ ގައުމުން، އެހެން ގައުމުތަކަށް ވެކްސިން އެތެރެކުރުން ހުއްޓާލުމާ އެކު އެވެ. ރާއްޖެއަށް އިންޑިޔާއިން ވެކްސިންގެ ފުރަމަ ޝިޕްމެންޓްގައިވެސް އެއްލައްކަ ޑޯޒް ވަނީ ގެނެސްފައެވެ. އެހުރިހާ ވެކްސިން ހުސްވީ ފުރަތަމަ ޑޯޒްގެ ގޮތުގައި ގިނަބަޔަކަށް އެ ވެކްސިން ޖެހުމުންނެވެ. އޭގެ ތެރޭގައި ދިވެހިންގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންވެސް ގިނަޢަދަދަކަށް ހިމެނެއެވެ.

އެޗްއޯއީސީގެ ޕްރެސްގައި ވާހަކަ ދައްކަވަމުން މަބްރޫކް ރޭ ވެސް ވިދާޅުވީ ކޮވިޝީލްޑް ވެކްސިން ރާއްޖެ އަށް ލިބޭނެ ދުވަހެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ކޮވިޝީލްޑްގެ އިތުރުން އެސްޓްރާޒެނެކާގެ ވެކްސިން ވެސް ލިބޭތޯ މަސައްކަތް ކުރަމުން ގެންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

“އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން އަންނަނީ ވީހާ ވެސް އަވަހަކަށް ވެކްސިން ހޯދޭތޯ. ކޮވިޝީލްޑް ނުވެއްޖެއްޔާ އެސްޓްރަޒެނެކާ ވެސް ހޯދޭތޯ،” މަބްރޫކް ވިދާޅުވި އެވެ.

ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒް ޖެހުމަށް ކޮވިޝީލްޑް ވެކްސިން ނުލިބިއްޖެނަމަ ހަމައެކަނި އޮތް ފުރުޞަތަކީ އެސްޓްރާޒެނެކާގެ ދެވަނަ ޑޯޒްޖެހުމެވެ. ކޮވިޝީލްގެ ފުރަތަމަ ޑޯޒް ޖެހިފަރާތްތަކަށް ދެވަނަޑޯޒަކަށް އެސްޓްރާޒެނެކާ ޖެހުމުގެ ހުއްދަ ވަނީ ޑަބްލިއު އެޗް އޯ އިން ދީފައެވެ.

އެއް ކޮމެންޓް

  1. އަދިވެސް ބަންގާޅީންނަށް ވެކްސިން ދެވޭތޯ ބަލާ . ވަރިހަމަ އެއްވެސް ލިޔެކިޔުމެއް ނެތަސް ޤަވާޢިދާ ޚިލާފަށް އުޅޭ އެއްތައްބައިވަރު ބަޔަކު ވެކްސިންތައް އަޅާލީ އިންޑިޔާއަށް ފައިދާ ހޯދަދޭންވެގެން. ސޮރީ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close