ޚަބަރު

އަނެއްކާވެސް ރެކޯޑް ޢަދަދަކަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެއްޖެ، 1200 އަށްވުރެ މަތި

އަނެއްކާވެސް ރެކޯޑް ޢަދަދަކަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. މިއަދު ރާއްޖެއިން އިތުރު 1204 މީހުން ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް މިއަދަދުގެ ތެރޭގައި މީގެ ތެރޭގައި މިމަހުގެ 1 ވަނަ ދުވަހުން މިމަހުގެ 10 ވަނަ ދުވަހާ ހަމަޔަށް ނަގާފައިވާ ސާމްޕަލްތައް ހިމެނެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00އިން ފެށިގެން މިއަދު އިރުއޮއްސި 6:00އާ ހަމައަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ މާލޭ ސަރަޙައްދުންނެވެ. މިއަދު އެޗްޕީއޭއިން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު 961 މީހަކު މާލެ ސަރަޙައްދުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 235 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 8 މީހަކު ވަނީ ޕޮޒިޓިވްވެފައވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 37،019 އަށް އަރާފައެވެ.

ފަހަކަށް އައިސް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން ވަނީ ރެކޯޑް ޢަދަދަކަށް އިތުރުވާން ފަށާފައެވެ. އަދި ދުވަހެއް ދުވަހަކަށް ކޭސްތައް ދަނީ އިތުރުވަމުންނެވެ. މާލޭ ސަރަޙައްދުގެ އިތުރުން، އަތޮޅުތަކުގެ ރަށްރަށުގައިވެސް ވަރަށް ހަލުވިކަމާއެކު ދަނީ ބަލި ފެތުރެމުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 248 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 26،547 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިވަގުތު ބައްޔަށް 10،376 މީހުން ފަރުވާ ހޯދަމުންދާއިރު މީގެތެރެއިން 244 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 5598 ސާމްޕަލެއް ވަނީ ނަގާފައެވެ.

މިހާތަނަށް މިބަލީގައި ރާއްޖެއިން 87 މީހުންވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 74 ދިވެހިންނާއި 13 ބިދޭސީންނެވެ.

އެއް ކޮމެންޓް

  1. ހާދަމޮޅޭ މި ސަރުކާރު ހާދަހާގިނައިންނޭ ތި ރިކޯޑްހަދަނީ ..ކަންކަމުގެ ރިކޯޑްހަދަން މިވަރުގެ ސަރުކާރެއް އަދި ނާދެ..ރައްޔިތުންގެ ތަރައްގީއައް ހަމަ ޒީރޯ ބަޓް ކޮވިޑުން ރިކޯޑު ހަދަން މިވަރުގެ ސަރުކާރެއް ނެތް.މިވަރުން ދަންޔާ އިންޑިޔާ ވެއްޓިފަ ރާއްޖެ ކޮވިޑުން ރިކޯޑްހަދަމުން ހަދަމުން ގޮސް އަތަކުވެސް ފަޔަކު ވެސް ނުޖެހޭނެ….މިވެސްމީ މިސަރުކާރުގެ އަމާޒެއް ކަން ނޭގެ…

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close