ޝައިޚް އިލްޔާސް ޙުސައިންގެ ވަރަށް ޚާއްޞަ ދަރުހެއް މިރޭ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ “އުންމީދާއިއެކު” މި ޕްރޮގުރާމުގެ ތެރެއިން ބޭއްވޭ ވަރަށް ޚާއްޞަ ދީނީ ދަރުހެއް މިރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
“އުނދަގުކަމާ އެކު ފަސޭހަކަން ވޭ” މި ނަމުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ދަރުހުގައި ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ޙުސައިން އެވެ.
މިރޭގެ 21:00 ގައި ފެށުމަށް ހަމަޖެހިފައިވާ މިދަރުސް އިސްލާމިކް މިނިސްޓްރީގެ ފޭސްބުކް ޕޭޗުންނާއި ޔޫޓިއުބް ޗެނަލުން ލައިވްކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި މި ދަރުސް ރާއްޖެ ޓީވީންވަނީ ދުރަށް ދެއްކުމަށްވެސް ހަމަޖެހިފައެވެ.



Anehkaaa vx bagaavaatheh kurann v thw