ޚަބަރު

އައު ކައުންސިލަރުން ހުވާކުރުން މޭ 17 ގައި ބާއްވަން ނިންމައިފި

އަލަށް އިންތިޚާބު ކުރެވޭ ކައުންސިލަރުންގެ ހުވާކުރުން މިހިނގާ މޭމަހުގެ 17 ދުވަހު އޮންލައިންކޮށް ބޭއްވުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ނިންމައިފިއެވެ.

އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ ކައުންސިލަރުން ހުވާކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން އެއިދާރާއިން ކުރިއަށް ގެންދާކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިޔާތު 17ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަން މިއަދު އަންގާފައިވާނެކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ މިހާލަތުގައި ހުވާކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. ހުވާކުރުމުގެ ރަސްމިއްޔާތުގައި ފަނޑިޔާރުން ކަނޑައެޅުމުގެ ކަންކަން ހަމަޖެއްސުމަށް މާދަމާ ސްޕްރީމް ކޯޓާއެކުވެސް ބައްދަލުވުމެއް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މޮނިޓަރިންގައި އޮތް ރަށްރަށުގައިވެސް އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ކައުންސިލް އިންތިޚާބު ނުބޭއްވި ލަސްކުރަންޖެހުމުން މިހާރު ކައުންސިލްތަކުގެ ދައުރު ދިގުކޮށް، ލާމަރުކަޒީ ޤާނޫނަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އަދި ޤާނޫނުގައި ބުނާގޮތުން މިހާރު ތިއްބެވި ކައުންސިލަރުން އާ ކައުންސިލަރުން ހުވައިކުރުމާ ހަމައަށް ދެމިތިބޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close