ޚަބަރު

ސަލްމާގެ މަރުގެ ބަދަލު ހޯދަން ޢާއިލާއިން ދައުވާ ކުރަނީ

އޭޑީކޭ ގައި ވިހެއުމަށް ފަހު ނިޔާވި ސަލްމާ ނަސީރުގެ މަރުގެ މައްސަލައިގައި އޭޑީކޭ ހޮސްޕިޓަލް ގޮވައިގެން ކޯޓަށް ދާން އޭނާގެ ފިރިމީހާގެ ފަރާތުން ނިންމައިފިއެވެ.

މިދިޔަ ފެބްރުއަރީ މަހު ނިޔާވި ސަލްމާގެ މަރުގެ ހާދިސާ ހިނގާދިޔަގޮތް ބެލުމަށް އާއިލާގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތަށް ހުށަހަޅާފައިވާއިރު، މިނިސްޓްރީ އިން އެކަން ހިނގިގޮތް ބެލި ބެލުމުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ސަލްމާއަށް ފަރުވާ ދިނުމުގައާއި ފަރުވާ ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގައި ހޮސްޕިޓަލުގެ ފަރާތުން ވާންޖެހޭ ތައްޔާރީތައް ފުރިހަމަކޮށްފައި ނުވާކަމަށް މިނިސްޓްރީ އިން ބަޔާންކޮށްފައިވެއެވެ.

އެގޮތުން ބަލިމީހާގެ ގަޔަށް ވަގުތުން ލޭ އެޅޭނެ އިންތިޒާމް ހަމަޖައްސާފައިނުވުމާއި، އަދި ބަލިމީހާގެ ހަށިގަނޑުން ލޭފޭބި މިންވަރު ރަނގަޅަށް އަންދާޒާކުރެވިފައި ނުވާކަމާއި އެކަށީގެންވާ ފަރުވާ ދިނުމުގައި ލަސްތަކެއްވެފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ސަލްމާ ނިޔާވެފައިވަނީ ވިހެއުމަށް ފަހު ލޭ މަނާ ނުވެގެން ފަރުވާ ދެމުންދަނިކޮށްތެރޭގައި ދިމާވި މައްސަލަތަކެއްގައި ފެބްރުއަރީ 3، 2021 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގައެވެ.

މިތުޙުމަތު ތަކާއި ގުޅިގެން އޭޑީކޭން ބުނީ، ގއ. މާމެންދޫ ސަލްމާ ނަސީރަށް ހުރިހާ ވަގުތެއްގައިވެސް ދޭންޖެހުނު ފަރުވާތައް ފަރުވާތެރިކަމާއެކު ދީފައިވާނެ ކަމަށެވެ. އެގޮތުން ސަލްމާ، އެ ހޮސްޕިޓަލަށް އައީ އާންމު ހާލަތުގައި ވިހެއުމަށް އަންނަ އެހެން މީހުންނެކޭ އެއްގޮތަށް ކަމަށާ އަދި ވިހެއުމުގެ ކަންކަން ގޮސްފައިވަނީވެސް އާންމުކޮށް ވިހެއުމުގައި ބަލާ މިންގަނޑުތަކާއި އެއްގޮތަށް ކަަމަށާއި، ނަމަވެސް ވިހެއުމަށްފަހު އާންމުކޮށް ލޭ އަންނަ ވަަރަށްވުރެ ގިނައިން ލޭ އަންނަކަން ފާހަގަކުރެވިގެން އެކަމާއި ގުޅޭ މެޑިކަލް ފަރުވާތައް ވަގުތުން ފަށާ ކުރިއަށް ގެންގޮސްފައިވާ ކަމަށް މިމައްސަލާގައި އޭޑީކޭއިން ނެރުނު ބަޔާނުގައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close