ޚަބަރު

މިލްކްވެރިކަމާ ބެހޭ މައްސަލައެއްގައި މާލޭ ސިޓީކައުންސިލް ކޯޓަށް ޙާޒިރުނުގެން އިޢުލާންކޮށްފި

ސިވިލް ކޯޓްގައި ހިނގަމުންދާ މިލްކް ވެރިކަމާ ބެހޭ މައްސަލައެއްގައި މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ސިވިލް ކޯޓަށް ހާޒިރު ނުވެގެން އެ ކޯޓުން އިއުލާނެއް ކޮށްފި އެވެ.

ސިވިލް ކޯޓުން ބުނީ މާލެ ސިޓީ ކައުންސިލް ކޯޓަށް ހާޒިރު ކުރަނީ މިލްކުވެރިކަމާ ގުޅޭ މައްސަލައެއްގައި ކަމަށެވެ. އެމައްސަލަ އަކީ ސެޕްޓެމްބަރު 23، 2020 ގައި އަމިއްލަ ފަރުދަކު ސިވިލް ކޯޓަށް ހުށަހެޅި މިލްކުވެރިކަމާ ގުޅޭ މައްސަލަ އެކެވެ.

ސިޓީ ކައުންސިލް ތަމްސީލު ކުރާނެ ފަރާތެއް ކޯޓަށް ހާޒިރުވެފައި ނުވާތީ ސިވިލް ކޯޓަށް ސިޓީ ކައުންސިލް ހާޒިރުވާން އިއުލާނު ކުރީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެ އިއުލާނުގައި ބުނީ މިމަހުގެ 21 ވަނަ ދުވަހަށް ސިޓީ ކައުންސިލުން ކޯޓަށް ހާޒިރު ވާން ޖެހޭނެ ކަމަށެވެ. ސިޓީ ކައުންސިލުން ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ ޣައިރުހާޒިރުގައި މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ސިޓީ ކައުންސިލް ކޯޓަށް ހާޒިރުވާން އިއުލާން ކުރިއިރު މާލޭ ސިޓީ ކައުންސިލަށް މިހާރު ވަނީ އާމެންބަރުން އިންތިހާބު ކޮށްފައެވެ. ނަމަވެސް އާމެންބަރުން މަގާމާއި ހަވާލުވާނީ އަންނަ މަހު އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close