ވާހަކަ

އަނިޔާވެރިޔާ

ޢަމީޝާ އިސްމާޢީލް

ކަރަށް ބާރުކޮށްލި މަޅިގަނޑާއި އެކު، ނޭވާ ހުއްޓުނެވެ. އަބަދުގެ އަބަދަށް އަހަރެންގެ ދެލޯ މެރުނެވެ. އާއިލާއަށް މިކަން ގަބޫލްކުރަން ކިތަންމެ އުނދަގޫވިޔަސް ހިތުގެ އެންމެ ހިމަ ނާރާ ހަމަޔަށް އެއިހްސާސް ކުރެވިއްޖެއެވެ. ހިތުގައި ރިއްސާވެސް ލާނެއެވެ. ނަމަވެސް ކުރެވޭނެ ކަމެއްނެތެވެ. އަހަރެންގެ އަމިއްލަ ދެއަތުން އަހަރެންގެ އާއިލާ އަރައިނުގަނެވޭނެ ފަދަ ހިތާމައިގެ އަނދަވަޅަކަށް ވައްޓާލެވުނީއެވެ. އެތައް ބައެއްގެ ލޯމަތިން އަހަރެން ގެއްލިގެންދިޔައީއެވެ. މުޅިދުނިޔެއަށް އަހަރެން އަލްވަދާއުކީއެވެ. އަބަދުގެ އަބަދަށެވެ.

މީގެ އަހަރެއް ކުރިއެވެ. ބޯކިރުކޮޅެއް ފަދަ ސާފު ދޮންވެލިގަނޑެކެވެ. ކަންފަތުގައި ޖެހެމުންދާ މިއުޒިކާއެކު، ދުރުދުރުން ގޮވާލާ ދޫނިސޫފާސޫފީގެ އަޑުން މުޅި ޖައްވުތެރެއަށް ހަމަޖެހުން ގެނެސްދެއެވެ. ވިސްނަން ބޭނުންނުވިޔަސް މި ނޫން ކަމެއް އަހަރެންގެ ސިކުނޑީގައި ނުވެއެވެ. ކީއްވެ އަހަނަށް މިހެން ދިމާވީ؟ މިނޫން އެހެން ގޮތެއްވެސް އޮންނަން ވާނެދޯ؟ ހިތުތެރޭގައި މިހުރިހާ ސުވާލެއް ބޮނޑި ކޮށްގެން ހުންނަން އަހަނަށް މިއަދުވަނީ މަޖުބޫރު ވެފައެވެ. އަހަރެންގެ މަންމައަށް ޓަކައެވެ. އާއިލާގެ މަސްލަހަތަށް ޓަކައެވެ. ގިނަ ބައެއްގެ ދިރިއުޅުން ހަލާކު ކުރަން ބޭނުން ނުވާތީއެވެ. މީ އަހަރެންގެ ނާކާމިޔާބީއެވެ.

ގުޅުންހުރި ލިޔުންތައް

ކޮޓަރިތެރޭގެ ހަމަހިމޭންކަން އިޙްސާސް ކުރެވެމުން ދެއެވެ. ނިދި ނައިސްގެން ދެކޮޅަށް ފުރޮޅިލަ ފުރުޅިލަ އޮތީމެވެ. އަހަރެންގެ ދިރިއުޅުމާމެދު ވިސްނާފައި ނުރޮވޭ ހަމަ އެންމެ ރެއެއްވެސް ނާންނާނެއެވެ. މިހެން އޮއްވާ އަހަނަށް ނިދިޖެހުނެވެ. ސިއްސައިގެން ގޮސް އަހަނަށް ހޭލެވުނީ ފޯނަށް މެސެޖެއް އައި އަޑަށެވެ. ނިދި ހުރިލެއް ބޮޑުކަމުން ބެޑުގައި އަތް ކާތަމުން ގޮސް ފޯނުގައި އަތްޖެހުމުން ފޯނު ނެގީމެވެ. ފޯނު ނަގާ ހުޅުވާ ބަޓަނަށް ފިއްތާލީމެވެ. އެއާއެކު ފޯނަށް އައި މެސެޖު ބަލާލީމެއެވެ. ދޮރުތަޅުނުލާތި، އަހަރެން މި ދަނީ…..އަހަރެންގެ ދެލޯ ބޮޑުވިއެވެ. މުޅި މީހާ ތުރުތުރު އަޅައިގަތެވެ. ބިރުވެރިކަން ހިތުތެރެއަށް ވެރިވިއެވެ.

ދޮރުގެ ތަޅަށް ފިއްތާލި އަޑު ކަންފަތުގައި ޖެހުމާއެކު، ދެފައި އެކީ ކޮޅަށް ޖެހުނެވެ. އެ އަނިޔާވެރިޔާގެ ކިބައިން ސަލާމަތް ވުމަށް އެދި ހަޅޭލަވައިގަނެވުނެވެ. އެނުބައި ފިރިހެނާ އަހަރެންގެ އިއްފަތްތެރިކަން ނަގާލައިފިއެވެ، އަހަރެންގެ ދިރިއުޅުން އަލިފާނުގެ ތެރެއަށް ލައި އަންދާލައިފިއެވެ. އަހަރެން ގޮވަމުން ދިޔައީމެވެ. “އާދެސް ކޮއްފަ މި ބުނީ އަހަނަށް ތިޔަހެން ނުހަދާ، އަހަރެން ދޫކޮށްލާ” އެހިނދު އޭނާ ޖަވާބުގައި ބުންޏެވެ.” މީ ކަލެއަށް ހުރި ގޮތް ” އަހަރެންގެ އަނގައިން ބަސް ހުއްޓުނެވެ. އަޑުން އަޑު ނަގާ ރޮއެގަނެވުނެވެ.

އިރުގެ އަލިން ދުނިޔެމައްޗަށް އަލިކަމާ ތާޒާކަން ގެނެސްދެއެވެ. އަހަރެން މަންމައާއެކު ބަދިގޭގައި މަސައްކަތް ކުރަން ހުއްޓާ ހޮޑު ލަވައިގަތެވެ. ދުވެފައި ގޮސް ފާޚާނާއަށް ވަނީމެވެ. ހޮޑު ލެވުނެވެ. ބޮލަށް އެނބުރުން އަރައިގަތެވެ. މިހިސާބުން އަހަނަށް އަހަރެން ބަނޑުބޮޑުކަން ޔަގީން ވިއެވެ. އަދި އެއީވެސް އަހަރެންގެ ބައްޕަގެ ދަރިއަކަށެވެ. އަހަންނަށް އަޑުން އަޑު ނަގާ ރޮއެ ގަނެވުނެވެ. ހަދާނެ ގޮތް ހުސްވެއްޖެއެވެ. ގަނޑެއް ނެގުމަށްފަހު، އަހަރެން މިހުރިހާ ވާހަކައެއް ވަރަށް ތަފްސީލުކޮށް ބަޔާންކުރީމެވެ.

ވަލެއް ހިފައިގެން އައިސް އެއްލިގޮތަށް އެއްލާ، މަޅި ޖެހުމަށްފަހު އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ކަރުއޭގެ އެތެރެއަށްލާ ބާރުކޮއްލީމެވެ. އެވަގުތު އަހަރެން މިދުނިޔެއާ ވަކި ވެއްޖެއެވެ. މަންމައަށް މިމަންޒަރާއެކު އަހަރެން ލިޔެފައިވާ ގަނޑު ފެނުމުން ދުނިޔޭން މޮޔަވިއެވެ. އެ އަނިޔާވެރިޔާ ޖަލަށް ލެވުނެވެ.

…..ނިމުނީ…….

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close