ބަނޑު ލާ މީހުންނަށް އިނގުރުފެން ވަރެއްނެތް
ބަނޑު ހިންދުމާއި ހަޖަމްގެ މައްސަލައަށް އެންމެރަނގަޅީ އިނގުރުފެނޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އޭގެ ތަޖްރިބާ ކޮށްފައިވާ މީހުން ބުނާގޮތުންނަމަ ކޮންމެ ދުވަހަކު ދެއިރު (ހެނދުނު ހޭލާއިރު، ރޭގަނޑު ނިދަންއޮށޯންނަމުން) ތާފަނާ ފެންތައްޓަކަށް ދެތިން ފޮތި އިނގުރު ފޯކޮށްލައިގެން ބޯލުމަކީ އޭގެ ފައިދާ ހަށިގަނޑަށް ނުހަނު ބޮޑަށް ލިއްބައިދޭކަމެކެވެ.
އަހަރެން އިނގުރު ފެން ބޯންފެށިތާ ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި ބަނޑު ހިނދޭކަން އިޙްސާސްވި، ހަޖަމްގެ މައްސަލަ އެއްކޮށް ހައްލުވި އަދި ގޭސްޓްރިކް މުޅިންފިލައި ގިނިވަޔަށް އަންނަގޮތް އެއްކޮށް ކެނޑިގެންދިޔަ، އިނގުރުފެން ބޭނުންކުރާ މީހަކު ކިޔައިދިނެވެ.
އެމީހާ އެބުނި ފަދައިން އެތައް މާއްދާތަކުން މުއްސަނދިވެ ބަޔޯއެކްޓިވް ކޮމްޕައުންޑްތައް ހިމެނޭ އިނގުރަކީ ހަޖަމް ކުރުމުގެ ނިޒާމަށް ދިމާވާ ހުރިހާ ބައްޔަކަށް ވެސް ފަރުވާ އެކެވެ.
ތަފާތު ގޮތްގޮތަސް އިނގުރު ބޭނުން ކުރެވޭއިރު ހަށިގަނޑަށް އެންމެ ފައިދާހުރި ގޮތަކީ އިނގުރު ފެން ތައްޔާރުކޮށްގެން ދެއިރު ބޭނުން ކުރުމެވެ.
ހަޖަމް ކުރުމުގެ ނިޒާމުގައި މައްސަލަ ހުންނަ މީހުންނަށް އިނގުރު ފަރުވާއަކަށް ވަނީކީއްވެ؟
ހަޖަމް ކުރުމުގެ ނިޒާމުގައި މައްސަލަ ހުންނަ މީހުންނަށް އިނގުރު ފަރުވާއަކަށް ވަނީ އޭގައި ހުންނަ ސިއްހަތަށް ފައިދާކުރާ މާއްދާތަކުންނެވެ. ހާއްސަކޮށް އޭގައި ހިމެނޭ “ޖިންޖަރޯލް” ނަމަކަށް ކިޔާ މާއްދާގެ ސަބަބުންނެވެ.
އިނގުރަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ވެސް ބޭސްފަރުވާގެ ތެރޭގައި ހިމަނައިގެން ބޭސް ތައްޔާރުކުރުމުގައި އިސް ދައުރެއް އަދާކުރި އެއްޗެކެވެ. މި ކަމަށް އެންމެ ރަނގަޅުކަމަށް ސިއްހީ މާހިރު ބުނަނީ އިނގުރު ފެން ބޭނުން ކުރުމުވެ. އޭގެތެރެއަށް މާމުއި އަޅައިގެން ވެސް ނާޅާވެސް ބޭނުން ކުރެވިދާނެ އެވެ. އަދި ބައެއް މީހުން ލެމަންޓީގެ ތެރެއަށް އިނގުރު އިތުރުކޮށްލައިގެންވެސް ބޭނުންކުރެއެވެ.
އިނގުރުފެން ތައްޔާރުކުރާނީ ކިހިނެއް؟
އިނގުރުފެން ތައްޔާރުކުރުމަށް އާދައޮގެ ފެންބޯ ބިއްލޫރި ތައްޓެއްގެ ފެންހުންނަހާ ފެންފޮދެއް ހޫނުކޮށްލާށެވެ. ދެން އޭގެތެރެއަށް އިނގުރު ވައްފޮޗަށް ތުނިތުނިކޮށް ކޮށުމަށްފަހު ދެފޮތި ނުވަތަ ތިންފޮތި ވައްޓާލާށެވެ. އެގޮތަށް އެފެންތަށި ހޫނުކަން ކެނޑި ބޯންކެރޭވަރުވަންދެން ބަހައްޓާށެވެ.
ދެން ފެންތަށި ބޯންކެރޭވަރު ވުމުން އިނގުރުފޮތިތައް ނެގުމަށްފަހު ރަހަ މީރު ކޮށްލުމަށް މިންޓްފަތް ކޮޅަކާއި (ހައެއްކަފަތް) މާމުއި ސަމުސަލެއް (ކުޑަސަމުސަލަކުން) ފެންތަށިތެރެއަށް އެޅުމަށްފަހު ގިރާލާށެވެ. އެހެރީ އިނގުރުފެން ތައްޔާރު ކުރެވިފައެވެ.
އަޖުމަ ބައްލަވާލައްވާށެވެ.
މަސްދަރު: ޓައިމްސް އޮފް އިންޑިއާ / ލައިފްސްޓައިލް



