ލައިފްސްޓައިލްސިއްޙަތު

ފައިތިލަ ރީތިކޮށްދޭ ފަރުވާ އެއް މިއޮތީ؟

ފަޔަކީ އަހަރެމެން އެންމެ އަޅާލުންކުޑަ ނުވަތަ ފަރުވާކުޑަ ކުރެވޭ އެއް ގުނަވަނެވެ. ފެންވަރާއިރު ނޫނީ ނިދުމުގެ ކުރިން ރީތިކޮށް ފައިތިލަ ދޮވެ އުނގުޅާލަން ހަނދާން ހުންނަނީ މަދު ބައެކެވެ.  މިހެންވުމާއި އެކު ހޫނު މޫސުމުގައި އަރާ ހިރަފުހާއެކު ފައި ހުންނާނީ ހަލާކުވެ ފަޅަ ފަޅައިގެން ގޮސްފަ އެވެ. ފަރުވާއެއް ދޭން ހިތަށް އަރާނީ ރިއްސާވަރުން އޮބި ނޯވެގެން ނުވަތަ ހިނގަން އުދަނގޫވާ ހިސާބަށް ދިޔައިމަ އެވެ .

ފައިގެ ހަންގަނޑަށް ދެވިދާނެ ފަރުވާ

ފައި ފޫއްދުން ނުވަތަ ފޯކުރުން: ހަންގަނޑު މަޑުކުރުމަށްޓަކައި ކުރާ ހުރިހާ ފަރުވާއެއްގެ ވެސް ފެށުމަކަށް ވާންޖެހޭނީ ތާފަނާ ފެނުގެ ތެރޭގައި ފައި ފޯކޮށްލުމެވެ. މިހެން ހެދުމުން ހަންގަނޑު މަޑުވެ، ހަމުގައި ހަރުލާފައި ހުންނަ ހަޑިތައް ފިލުވަން ފަސޭހަވެ އެވެ. އެއިން ކުރާ އަސަރު އިތުރު ކުރުމަށްޓަކައި ފެންގަނޑު ތެރެއަށް ލުނބޯ ހުތް އެޅުމުން، އޭގައި ހުންނަ ސިޓްރިކް އެސިޑްގެ އެހީގައި، މަރުވެފައިވާ ހަންތައް ފިލުވައިދެ އެވެ.

މަރުވެފައިވާ ހަންތައް ފިލުވުން: ފައި ފޫއްދައި ނިމުމުން ދެން އޮތީ ހަން ފިލުވުމެވެ. އެކަމަށް ހާއްސަކޮށްފައިވާ ގަލަކުން ފައިގެ ކުރީކޮޅާއި ފުންނާބުގައި ވަށް ބުރު ހަމަވާ ގޮތަށް މަޑުމަޑުން އުނގުޅާށެވެ. ފައިގެ އުސްދިމާގައި އުނގުޅާއިރު އެހެން ތަންތަނަށްވުރެ މަޑުން އުނގުޅާށެވެ. އެތަނުގެ ހަންގަނޑު ނާޒުކުވެފައި ކިލާ ހަރުލާފައި ހުންނާނީ ވެސް މަދުންނެވެ. ހަންގަނޑު މަޑުވާކަން ކުޑައިރުކޮޅެއްގެ ތެރޭގައި އިހްސާސްވާނެ އެވެ. މިގޮތަށް ހަން ފިލުވާއިރު ސަމާލުކަން ދޭންވީ ހަންގަނޑު މާބޮޑަށް ތުނިވަންދެން ނުއުނގުޅުމަށެވެ.

ފެޅިފައި ހުންނަ ފުންނާބަށް ފަރުވާ ކުރުން: ފައި ނޭޅޭވަރަށް ފުންނާބު ފަޅަފަޅައިގެން ގޮސްފައިވާ ނަމަ ތަންކޮޅެއް ބޮޑަށް ފަރުވާކުރަން ޖެހިދާނެ އެވެ. ފަޔަށް ހާއްސަކޮށް ގޭގައި ތައްޔާރު ކޮށްލެވޭ ބައެއް ކަހަލަ މާސްކްތައް ހަންގަނޑުތެރެއަށް ވަދެ، ފެޅިފައިވާ ތަންތަން ފަސޭހަކޮށްދެ އެވެ. މިފަދަ އެކައްޗަކީ ވެސްލިން އެވެ. ވެސްލިން އުނގުޅާފައި ކޮތަޅެއް ފަދަ އެއްޗަކުން ބަނދެލުމަށް ފަހު ގަޑިއެއްހާއިރު ވަންދެން ބަހައްޓާށެވެ.

ފައިގައި ކާށިތެޔޮ އުނގުޅާފައި ސްޓާކިނެއް ލެއްވުމަށް ފަހު ހެނދުނު ވަންދެން ބޭއްވިޔަސް ރަނގަޅުވާނެ އެވެ.

މީގެ އިތުރުން ހަފްތާއަކު އެއްފަހަރު ތާފަނާ ފެން ތައްޓަކަށް އެޅުމަށްފަހު އޭގެ ތެރެއަށް ވަޓިކާގެ ކެކްޓަސް ޝޭޕޫ އާއި ލިނބޯހުތް އެޅުމަށްފަހު އޭގެ ތެރެއަށް 1 ގަޑިއިރު ފައިލައިގެން އިނުމުން ފައިގެ ހަންގަނޑު މަޑުވެ އޮމާންވެދެއެވެ.

މަސްދަރު: މިހާރު.ކޮމް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close