ހިތްދަތިގޮތަކަށް ސެވިއްޔާ ކަޓުވާލުމަށް ފަހު ބާސާ ފައިނަލަށް
ފުރަތަމަ ލެގުގައި ސެވިއްޔާ ދަނޑުގައި މިދިޔަ މަހު 2-0 އިން ބާސެލޯނާ ވަނީ ބަލިވެފަ ސްޕެނިޝް ކަޕްގެ ސެމީ ފައިނަލުގެ ދެ ވަަނަ ލެގުގައި ރޭ ސެވިއްޔާ އަތުން 3-0 އިން މޮޅުވެ ބާސެލޯނާ މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ. ބާސާއަށް ފައިނަލުގެ ޖާގައެއް ލިބެން އޮތީވެސް ރޭގެ މެޗުން ތިން ގޯލުގެ ތަފާތު މޮޅުވެގެންނެވެ. ބާސާއިމް އެކަން ހާސިލްކޮށްފައިވަނީ ރޭގެ މެޗުގައި އިތުރު ވަގުތުގެ ދެ ހާފް ކުޅެ 3-2 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ. ރޭގެ މެޗުގައި ބާސެލޯނާ އަށް ފުރަތަމަ ލީޑު ނަގައިދިނީ މެޗުގެ 12 ވަނަ މިނިޓްގައި އޮސްމާން ޑެމްބެލޭ އެވެ. ބާސެލޯނާގެ ދެ ވަނަ ގޯލު މެޗުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ކާމިޔާބުކުރީ ޖެރާޑް ޕީކޭ އެވެ. ސެވިއްޔާއަށް މި މެޗުގައި އުނދަގޫތަކާއި ކުރިމަތިވީ ދެ ވަނަ ރީނދޫ ކާޑާ އެކު ފެނާންޑޯ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ބާސާގެ ތިންވަނަ ގޯލް އަދި ފައިނަލުގެ ޖާގަ ކަށަވަރުކޮށްދިން ގޯލް ކާމިޔާބުކޮށްދިނީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޑެންމާކުގެ ފޯވާޑް މާޓިން ބްރާތުވެއިޓް އެވެ.

