ޚަބަރު

އުދައްޔުގެ ހަށިގަނޑު މާލެ ގެނެސްފި

މިމަހުގެ 8 ވަނަ ދުވަހުގެރޭ ގއ.މާމެންދޫގައި ހިނގި މާރާމާރީއެއްގައި ހަށިގަނޑުގެ އެތަންމިތަނަށް ވަޅިހަރާ ޒަޚަމް ކޮށްލުމުގެ ސަބަބުން މަރުވި އަޙްމަދު އުދައްޔުގެ ޕޯސްޓް މޯޓަމް ހެދުމަށްފަހު އޭނާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.

އިންޑިއާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހެދި އުދައްޔުގެ ހަށިގަނޑު މާލެ ގެނެސްފައިވާކަން ފުލުހުންވަނީ ހާމަކުރައްވާފައެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އަދި ޕޯސްޓްމޯޓަމުގެ ނަތީޖާއެއްވެސް ހާމައެއް ނުކުރައްވައެވެ.

ޢުމުރުން 17 އަހަރުގެ އުދައްޔު މަރާލާފައިވަނީ، އޭނާގެ އުފަން ރަށް ގއ.މާމެންދޫގައި ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާމާރީއެއްގައެވެ. އުދައްޔުގެ ހަޑިގަނޑު މާލެ ގެނެސްފައިވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ. އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ފޮނުވާފައިވަނީ އިންޑިޔާގެ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖު ހޮސްޕިޓަލަށެވެ.

އުދައްޔު މަރާލި ޙާދިސާއާ ގުޅިގެން މިހާތަނަށް 5 މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެތެރޭގައި ހިމެނެނީ އުމުރުން 27 އަހަރުގެ މީހަކާ، 25 އަހަރުގެ މީހަކާ، 23 އަހަރުގެ މީހަކާ، 18 އަހަރުގެ 2 މީހުންނެވެ. މީގެތެރެއިން 3 މީހުން ހައްޔަރުކޮށްފައިވަނީ ޙާދިސާ ހިނގި ރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close