އިންޑިޔާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިނަށް ހުއްދަދީފި
އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކޮވިޑް-19 ވެކްސިނަށް ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފިއެވެ.
އެމްއެފްޑީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިމަހު 26 ވަނަ ދުވަހު ދީފައިވާނެ ކަމަށެވެ. އަދި ހުއްދަ ދީފައިވަނީ ބަލަންޖެހޭ ޓެކްނިކަލް ކަންކަން ބަލާ ދިރާސާކުރުމަށް ފަހު އެ އޮތޯރިޓީގެ ފަންނީ ލަފާދޭ ނެޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއެކު ހާލަތަށް ރިއާޔަތްކޮށް ހަމަ އެކަނި އެމަޖެންސީ ހާލަތުގައި ބޭނުން ކުރުމަށް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދިނުމުގެ ކުރިން އޮކްސްފޯޑް އެކްސްޓްރާ ޒެނަކާ ވެކްސިނާއި ކޮވިޝީލްޑް ބްރޭޑްގެ ވެކްސިނާއި ގުޅޭގޮތުން އެކި ގައުމުތަކުގެ އިތުބާރު ހިފޭ އިދާރާތަކުން ހިއްސާކޮށްފައިވާ ލިޔެކިޔުންތައް ދިރާސާކޮށްފައިވާނެ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. އަދި އެ ބެލި ބެލުމުން އެ ދެ ވެކްސިނަކީވެސް އެއް ކޮމްޕޮޒިޝަން އަދި ފޯމިއުލޭޝަނެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އެއްޗެއްކަން ޔަގީން ކުރެވުނު ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެބަޔާނުގައި ވާގޮތުން ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިނަށް ހުއްދަ ދޫކޮށްފައިވަނީ ކޮވިޑް 10 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އުމުރުން 18 އަހަރުން މަތީގެ މީހުން ބޭނުން ކުރުމަށެވެ. އަދި މި ވެކްސިން މާބަނޑު މީހުން ބޭނުންކުރުމުގެ ހުއްދަ ދެވިފައެއް ނުވެއެވެ. އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
އާންމުކޮށް ކޮންމެ ވެކްސިނަކީވެސް އެ ބޭނުން ކުރުމުން ރިއެކްޝަންތަކެއް އަންނާނެ ވެކްސިނެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން ކޮވިޝީލްޑް ވެކްސިން މީހުންނަށް ދިނުމުން ދިމާވެދާނެ ކަންކަން އެ އޮތޯރިޓީއާއި ހެލްތް މިނިސްޓްރީ އަދި އެޗްޕީއޭއިން މޮނިޓަކުރަމުން ދާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.



Komme thanakun genayas thi echcheh nujahaanan.
ކަލޭ ނުޖެހުމަކުން އެހެންމީހަކަށް ވާނެ ގެއްލުމެއްވެސް ފައިދާއެއް ނޯންނާނެދޯ.
މޮޔަސޮރެއް